2026ގެ ވޯލްޑް ކަޕް އަންނަ ބުރާސްފަތި ދުވަހު ފެށޭއިރު ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދުގެ ފޯރި މިހާރު ވެސް ވަނީ ގަދަވެފައެވެ. މި ފޯރީގެ ތެރެއަށް ވަނުމަށް ޓަކައި، މިއަހަރުގެ ހޫނު މޫސުމުގައި އުތުރު އެމެރިކާގައި ފެނިގެންދާނެ އެންމެ ރީތި ކިޓްތައް ބަލާލުން މުހިންމެވެ.
މި މުބާރާތް 48 ޓީމަށް ބޮޑުކުރުމާއި، ބައެއް ގައުމުތަކުން ތިން ކިޓް ބޭނުންކުރަން ނިންމުމުގެ ސަބަބުން، އުތުރު އެމެރިކާގައި 100އަށް ވުރެ ގިނަ ތަފާތު ޖާޒީތައް ފެނިގެންދާނެއެވެ. މިއީ ޝައްކެއް ވެސް ނެތް ގޮތުގައި ރެކޯޑެކެވެ.
ތިރީގައި މިވަނީ އެންމެ ރީތި އަދި އެންމެ ފާހަގަކޮށްލެވޭ ފަސް ކިޓެވެ.
5- ފްރާންސް ގައުމީ ޓީމަށް ނައިކީ އިން ގެނެސްދިން އާ ފަރުމާއާ މެދު ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ތަފާތު ކަމެއް ކުރަން އުޅުމުން އެމީހުންނަށް ސާބަސް ދޭންޖެހެއެވެ. ބޮޑު ކޮލަރަކާއި ޖިއޮމެޓްރިކް ގްރޭޑިއަންޓް ޕްރިންޓަކާ އެކު، މިއީ ވޭތުވެދިޔަ 16 އަހަރު ތެރޭގައި ނައިކީއިން ފްރާންސަށް ފަރުމާކުރި އެންމެ ތަފާތު އަދި ރެޓްރޯ ޖާޒީއެވެ.
4- ޖަރުމަނުގެ އެޑިޑާސްއިން އެގައުމުގެ ހޯމް ޖާޒީ ފަރުމާކުރާއިރު އަބަދުވެސް ކުރީގެ ހަނދާންތައް އާކޮށްދެއެވެ. 'ޑިއޭ ނެޝަނަލްމަންޝާފް'ގެ އާ ހޯމް ޖާޒީއަކީ ވަރަށް ރީތި ޖާޒީއެކެވެ. މިއީ 1980ގެ ފަހުކޮޅާއި 1990 ގެ ކުރީކޮޅުގެ ފަރުމާތަކުން އިންސްޕަޔާވެގެން، ޖަރުމަނުގެ ދިދައިގެ ކުލަތައް ކޮނޑުމަތިން ފެށިގެން މެދަށް ބައްދަލުވާ ގޮތަށް ހަދާފައިވާ ޖާޒީއެކެވެ. ފަރުމާކުރުންތެރިން އުންމީދުކުރަނީ މިފަހަރުގެ މުބާރާތުގައި ޓީމުން ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށެވެ.
3- ވޯލްޑް ކަޕަށް ކޮލިފައިވި އެންމެ ކުޑަ ގައުމު ކަމަށްވާ 150,000 މީހުންގެ އާބާދީއެއް އޮތް ކުރަސާއޯ އިން އެޑިޑާސް އަވޭ ޖާޒީގައި ތަފާތު ދައްކާނެއެވެ. ރެޓްރޯ 'ޓްރެފޮއިލް' އާ އެކު، މަޑު ރީނދޫ ކުލައިގެ މި ޖާޒީގައި ހިމެނޭ ގަދަ ނޫކުލައިގެ ބޯޑަރާއި ރަތް، ފެހި އަދި އޮރެންޖު ކުލައިގެ 'ތުރީ ސްޓްރައިޕްސް' އިން ޖާޒީ ވަރަށް ފުރިހަމަކޮށްދެއެވެ.
2- އެޑިޑާސް އިން ޖަޕާން ގައުމީ ޓީމަށް ފަރުމާކުރި އެއްވެސް ޖާޒީއެއް މިއަދާ ހަމައަށް ގޯސްވެފައި ނުވާކަން ޔަގީނެވެ. މިއަހަރު ވެސް އެކަން ބަދަލެއް ނުވެއެވެ. 2000 ގެ މެދުތެރޭގެ 'ޓީމްގައިސްޓް' ފަރުމާއިން އިންސްޕަޔާވެގެން ތައްޔާރުކޮށްފައިވާ މި ހޯމް ޖާޒީއަކީ ރެޓްރޯ އިހުސާސަކާއެކު ޒަމާނީ ފަރުމާއެކެވެ. މީގެ މައިގަނޑު ބަޔަކީ ކަނޑާއި އުޑު ،އުދަރެސް ރަމްޒުކޮށްދޭ ކުރެހުމެކެވެ. ވަރަށް ފުރިހަމައެވެ.
1- މިއީ މެކްސިކޯގެ 'ކިންޓޯ ޕާޓިޑޯ' ގެ ސުންޕާކަން ކަނޑުވާލާނެ ޖާޒީ ބާވައެވެ؟ މުބާރާތް ބާއްވާ ގައުމަށް މީގެ ކުރިން ގަދަ 16އިން ކުރިއަށް ދެވިފައިވަނީ ހަމައެކަނި އަމިއްލަ ގައުމުގައި ބޭއްވި މުބާރާތްތަކުގައެވެ (1970 އަދި 1986 ގައި). އެމީހުން އުންމީދުކުރަނީ އެޑިޑާސްގެ އާ ހޯމް ޖާޒީއާ އެކު އެކަން ތަކުރާރުކުރެވޭނެ ކަމަށެވެ. މަޑު ފެހިކުލައިގެ މަތީގައި ގަދަ ފެހިކުލައިގެ ސަގާފީ ކުރެހުންތަކެއް ހިމޭނޭ މި ޖާޒީން ރަމްޒުކޮށްދެނީ އެގައުމުގެ ހަކަތައާއި ފަޚުރެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.