ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވަޓްސްއެޕުން ފުޓްބޯޅަ އިމޯޖީ

ޝެއާ ކުރޭ Facebook Telegram Viber X

އެޑިޑާސްއާއި ވަޓްސްއެޕް ގުޅިގެން ވަނީ ހައިރާންވާ ފަދަ އާދައިގެ ނަމަވެސް ވަރަށް ޒަމާނީ ޚިޔާލެއް ތައާރަފުކޮށްފައެވެ.

 އެއީ ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ ފުޓްބޯޅަ އިމޯޖީ، ފީފާ ވޯލްޑް ކަޕް 2026ގެ ރަސްމީ މެޗު ބޯޅަ ކަމަށްވާ ޓްރިއޮންޑާއަށް ބަދަލުކުރުމެވެ. ވަޓްސްއެޕްގައިވާ ފުޓްބޯޅަ އިމޯޖީ މިހާރު ޓްރިއޮންޑާގެ ޑިޒައިނަށް ބަދަލުވެ، މުބާރާތުގެ ފޯރި ސީދާ ދުވަހުން ދުވަހަށް ކުރެވޭ މުއާމަލާތްތަކަށް ގެނެސްދެއެވެ. މިއީ ބޭރުފުށުން ބަލާއިރު ކުޑަ ބަދަލެއް ނަމަވެސް، މިއީ ގްރޫޕް ޗެޓްތަކާއި، ރިއެކްޝަންތަކާއި، އަދި މެޗު އޮންނަ ދުވަސްތަކުގައި ކުރެވޭ މެސެޖުތަކުގެ ޒަރީއާއިން، މިހާރުގެ ސަޕޯޓަރުން ފުޓްބޯޅައިގެ ތަޖުރިބާ ހޯދާ ގޮތަށް އަމާޒުކޮށްގެން ގެނެސްފައިވާ ބަދަލެކެވެ.

ޓްރިއޮންޑާއަކީ ކޮބާ؟

 ޓްރިއޮންޑާއަކީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް 2026 ގެ ރަސްމީ މެޗު ބޯޅައެވެ. މިއީ ތިން ގައުމެއްގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. ފީފާއިން ބުނާ ގޮތުގައި މި ނަމަކީ އެ އިންތިޒާމަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ: 'ޓްރައި' އަކީ މުބާރާތް ބާއްވާ ތިން ގައުމަށް ނިސްބަތްކޮށް އަދި 'އޮންޑާ'އަކީ ސްޕެނިޝް އަދި ޕޯޗުގީޒް ބަހުން ރާޅަށް ކިޔާ ނަމެކެވެ. މި ޑިޒައިން  ވެސް ބިނާވެފައިވަނީ އެ ޚިޔާލުގެ މައްޗަށެވެ. އެގޮތުން ތިން ގައުމުގެ ދެމެދުގައިވާ ހަރަކާތްތެރިކަން ރަމްޒުކޮށްދޭ، ރާޅުތަކެއް ފަދަ ކުރެހުންތަކެއް މީގައި ހިމެނެއެވެ.

ވަޓްސްއެޕްގެ ދައުރަކީ މިހާރުގެ ފުޓްބޯޅައިގެ ފޯރި ޗެޓްތަކަށް ވެސް ވާސިލުވުމެވެ. ވަޓްސްއެޕްގެ ހެޑް އޮފް ޕްރޮޑަކްޓް އެލިސް ނިއުޓަން-ރެކްސް ބުނި ގޮތުގައި “ފުޓްބޯޅަ ސަޕޯޓަރުން އެންމެ ބޮޑެތި ވަގުތުތަކުގައި ބޭނުންކުރަނީ އެމީހުންގެ ވަޓްސްއެޕް ގްރޫޕް ޗެޓްތަކެވެ. މީގެ ހަތަރު އަހަރު ކުރިން، ފައިނަލް މެޗުގެ ތެރޭގައި ވަޓްސްއެޕް މެދުވެރިކޮށް ސިކުންތަކު 25 މިލިއަނަށް ވުރެ ގިނަ މެސެޖު ފޮނުވާފައިވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު