ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އަނިޔާގެ ސަބަބުން ޖަރުމަނުގެ ޒުވާން ފޯވާޑް ކާލްއަށް ވޯލްޑްކަޕްގައި ނުކުޅެވޭނެ

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް މުބާރާތުގައި ވާދަކުރާ ޖަރުމަނު ގައުމީ ޓީމުގެ ޒުވާން ފޯވާޑް ލެނާޓް ކާލ އަށް އަނިޔާވެ، މި ފަހަރުގެ މުބާރާތުގައި އޭނާއަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ. 

 މި ހިތާމަވެރި ޚަބަރު މީޑިއާއަށް ހިއްސާކުރަމުން ޖަރުމަނުގެ ކޯޗު ޖޫލިއަން ނަގެލްސްމަން ބުނީ، މިއީ ޓީމަށާއި ކުޅުންތެރިޔާއަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށެވެ.

ޖަރުމަނުގެ މަޝްހޫރު ބަޔާން މިއުނިކަށް ކުޅެމުން އަންނަ އުމުރުން އެންމެ 18އަހަރުގެ ކާލްއަށް މި އަނިޔާ ކުރިމަތިވީ އިއްޔެ ބޭއްވި އެ ޓީމުގެ ފަރިތަކުރުންތަކުގެ ތެރޭގައެވެ. އަނިޔާގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް، އަނިޔާވި ވަގުތު އޭނާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފައެވެ.

ކާލްއަށް މި އަނިޔާ ކުރިމަތިވީ ވޯލްޑްކަޕްގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން، މުބާރާތް ބާއްވާ ގައުމު ކަމަށްވާ އެމެރިކާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ތައްޔާރުވުމަށް ބޭއްވި ފަރިތަކުރުންތަކުގައެވެ. ކޯޗު ނަގެލްސްމަން ބުނި ގޮތުގައި މިއީ ކާލްއަށް ލިބުނު ވަރަށް ބޮޑު ސިހުމެކެވެ.

"އޭނާއަށް ވޯލްޑްކަޕްގައި ނުކުޅެވޭނެކަމުގެ ހިތާމަވެރި ހަބަރަކީ އޭނާގެ އިތުރުން ޓީމަށް ލިބުނު ބޮޑު ޝޮކެއް. އޭނާއަކީ ޒުވާން ކުޅުންތެރިއެއް ކަމުން އަދި އޭނާއަށް އެބައޮތް އުޖާލާ މުސްތަގުބަލެއް"

މި ފަހަރުގެ ވޯލްޑްކަޕްގެ ގްރޫޕް އީ ގައި ޖަރުމަނު ހިމެނޭއިރު، މުބާރާތުގައި އެ ގައުމު ކުޅޭ ފުރަތަމަ މެޗުގައި ޖޫން މަހުގެ 14ވަނަ ދުވަހު ނިކުންނާނީ ކުރަކާއޯއާ ދެކޮޅަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު