ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފުޓްބޯޅައިގެ ތަފާތު ސްކްރިޕްޓެއް، ދެ ގައުމު ތަމްސީލްކުރާ ދެބެން

ޝެއާ ކުރޭ Facebook Telegram Viber X

ފްރާންސްއާ ދެކޮޅަށް އައިވަރީ ކޯސްޓުން ތާރީޚީ ކާމިޔާބީއެއް ހޯދިއިރު، ގޭލާ ޑޫއޭ މޮޅު ކުޅުމެއް ދައްކައިފިއެވެ.

މިއީ ފުޓްބޯޅައިގެ ވާހަކަ ލިޔުންތެރިންނަށް ވަރަށް ކަމުދާނެ ފަދަ ސްކްރިޕްޓެކެވެ.

ފްރާންސްއާ ދެކޮޅަށް އައިވަރީ ކޯސްޓަށް ގޭލާ ޑޫއޭ ލަނޑު ޖެހުމާ އެކު، ޓީވީ ޑައިރެކްޓަރު ވަގުތުން ކެމެރާ އަޅުވާލީ އޭނާގެ ކޮއްކޮ ، ޕީއެސްޖީގެ ދެސިރޭ ޑޫއޭ އިށީނދެގެން އިން ބެންޗަށެވެ. މާޔޫސްވުމުގެ ބަދަލުގައި، ްދެސިރޭ އިނީ ހިނިތުންވެފައެވެ. 90 މިނެޓުގެ ފުޓްބޯޅައިގެ ވާދަވެރިކަމެއް ނަމަވެސް، އުމުރަށް ދެބެންގެ ގުޅުމެވެ.

މިކަން އިތުރަށް ޝައުގުވެރިކޮށްދެނީ އެ ދެބެންގެ ދަތުރެވެ. ދެބެން ވެސް އުފަންވީ ފްރާންސަށް ނިސްބަތްވާ މަންމައަކާއި އައިވަރީ ކޯސްޓްގެ ބައްޕައަކަށް ފްރާންސްގައެވެ. ނަމަވެސް އެމީހުން އިޚްތިޔާރުކުރީ ބައިނަލްއަޤުވާމީ ދެ މަގެކެވެ. ގޭލާ ތަމްސީލުކުރަނީ އައިވަރީ ކޯސްޓް ކަމަށްވާއިރު، ދެސިރޭ ތަމްސީލުކުރަނީ ފްރާންސެވެ.

އަދި މި ފުރުޞަތުގައި، އެންމެ ފަހުން ހިނިތުންވެލަން ލިބުނީ ބޭބެއަށެވެ.

ނާންޓްސްގައި ކުޅުނު މެޗުގައި ފަހަތުން އަރައި ފްރާންސް 2-1 އިން ބަލިކުރިއިރު، ގޭލާ ޑޫއޭ ވަނީ ނަތީޖާ އެއްވަރުކޮށްދިން ލަނޑު ޖެހުމުގެ އިތުރުން، އަމާދު ޑިއާލޯ ކާމިޔާބުކުރި މޮޅުވި ލަނޑަށް އެސިސްޓް ކޮށްދީފައެވެ. މިއީ 'ލެ ބްލޫސް' ގެ މައްޗަށް 'އެލެފަންޓްސް' އިން ހޯދި ފުރަތަމަ މޮޅުވުން ކަމަށްވާއިރު، މިއީ ވޯލްޑް ކަޕްގެ ކުރިން ލިބުނު ބޮޑު ހިތްވަރެކެވެ. ސްޓްރާސްބާގަށް ކުޅޭ އުމުރުން 23 އަހަރުގެ ފުލްބެކް ވަނީ އޭނާގެ ބައިނަލްއަޤުވާމީ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީ ހޯދައި، ފްރާންސް ބަލިނުވެ ދަމަހައްޓަމުން އައި ނުވަ މެޗުގެ ސިލްސިލާ ނިމުމަކަށް ގެނެސްފައެވެ.

ޑިޑިއޭ ޑެޝޯމްޕްސްއާއި ފްރާންސަށް މިއީ ވޯލްޑް ކަޕަށް ތައްޔާރުވުމަށް އެންމެ އެދެވޭ ގޮތެއް ނޫނެވެ. ފުރަތަމަ ހާފުގައި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ ފްރާންސްއިން ކަމަށްވާއިރު، ރަޔާން ޗާކީގެ މޮޅު ލަނޑުން އެޓީމު ކުރިހޯދިއެވެ. ނަމަވެސް ދެވަނަ ހާފުގައި ޑިފެންސަށް ހެދުނު ގޯސްތަކާއި އައިވަރީ ކޯސްޓްގެ ބާރު ދުވެލީގެ ސަބަބުން ފްރާންސްގެ ބަލިކަށިކަން ހާމަވިއެވެ. މެޗުގެ ކޮންޓްރޯލް އަލުން ހޯދުމަށް ފްރާންސްއިން މަސައްކަތް ކުރަމުންދިޔައިރު، ޑެޝޯމްޕްސް ވަނީ ދެވަނަ ހާފުގައި 10 ބަދަލެއް ގެނެސްފައެވެ.

މި ދަނޑިވަޅުގައި، އޭނާގެ ބޭބެ އައިވަރީ ކޯސްޓަށް ހޯދައިދިން ތާރީޚީ ކާމިޔާބީ، ދެސިރޭއަށް ބަލަން ހުރެވުނީ ބެންޗުންނެވެ.

މެޗަށްފަހު، ދެބެން ވަނީ އެކަކު އަނެކަކު ގައިގައި ބައްދާލާފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު