ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވޯލްޑް ކަޕްގައި ވުވުޒެލާ ބޭނުންކުރުން މަނާކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ކުޅޭ ސްޓޭޑިއަމްތަކަށް ވުވުޒެލާ ވެއްދުމާއި ބޭނުންކުރުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)އިން މަނާކޮށްފިއެވެ. 

 މި ނިންމުން ނިންމާފައި ވަނީ ކުރިއަށް އޮތް ވޯލްޑް ކަޕްގެ މެޗުތައް ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގެ ދަނޑުތަކަށް ހާއްސަކޮށް ފީފާއިން އެކުލަވާލައި އާންމުކުރި ކޯޑް އޮފް ކޮންޑަކްޓްގައެވެ.

ޕްލާސްޓިކުން އުފައްދާފައިވާ މި ދުންމާރިއަކީ ދެކުނު އެފްރިކާގެ ފުޓްބޯޅަ މެޗުތަކުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެއްޗެކެވެ. މުޅި ދުނިޔެއަށް މި ވަސީލަތް މަޝްހޫރުވެގެންދިޔައީ 2010ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގެ ތެރެއިންނެވެ. ނަމަވެސް، އެ މުބާރާތުގެ ތެރޭގައި މެދުނުކެނޑި އިވެމުންދިޔަ ބާރު އަޑުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އެއަށް އަމާޒުވިއެވެ. ގިނަ ބަޔަކު އެ އަޑު ސިފަކޮށްފައި ވަނީ މާބުރުތަކެއް ބޫން އަޅާ އަޑުގެ ގޮތުގައެވެ.

ފީފާއިން އާންމުކުރި އާ އުސޫލުގައިވާ ގޮތުން، ވޯލްޑް ކަޕް މެޗުތައް ކުޅޭ 16ދަނޑަށް ވުވުޒެލާގެ އިތުރުން، ބާރަށް އަޑުގޮވާ ކަށިގަނޑާއި އާދަޔާ ހިލާފަށް އަޑުގަދަވާނެ އެއްވެސް ވަސީލަތެއް ވެއްދުމަކީ މަނާކަމެކެވެ. މީގެ އިތުރުން، ލޭޒަރު ޕޮއިންޓަރާއި ލޭޒަރުގެ ދޯދިތައް ފޮނުވާ އެހެނިހެން އާލާތްތައް ބޭނުންކުރުން ވެސް ވަނީ މަނާކޮށްފައެވެ.

މި ފަހަރުގެ މުބާރާތުގައިވެސް ވުވުޒެލާ ބޭނުންކުރުން މަނާކޮށްފައިވާއިރު، 2010ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ދަނޑުތަކުގައި ވުވުޒެލާ ބޭނުންކުރުން ފީފާއިން ވަނީ ހުއްޓުވައިފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު