ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބެލިންހަމްއާއި ރޮޖާސް،ޝިއަރާގެ ޗޮއިސް ހާމަކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ޖޫޑް ބެލިންހަމްގެ ބަދަލުގައި މޯގަން ރޮޖާސް ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅުވަން އިންގްލެންޑްގެ ކުރީގެ ފޯވާޑް އެލަން ޝިއަރާ ކޯޗު ތޯމަސް ޓުޗެލްއަށް ގޮވާލައިފިއެވެ.

 ކްލަބް ލެވެލްގައި ދައްކާފައިވާ މޮޅު ކުޅުމުގެ ތަފާސްހިސާބުތަކާއި ޔޫރަޕްގެ ތައްޓަކާއެކު، އެސްޓަން ވިލާގެ ތަރީގެ ފާހަގަކޮށްލެވޭ ފޯމާއި މެޗު ފިޓްނަސްގެ ސަބަބުން ވޯލްޑް ކަޕަށް ދާއިރު އޭނާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ޝިއަރާ ބުނެފައި ވަނީ، ފުރަތަމަ އެގާރަ އިޚްތިޔާރު ކުރާއިރު ޓުޗެލް އިސްކަންދޭންވާނީ ކުޅުންތެރިޔާގެ ނަމަށް ވުރެ މިހާރުގެ ފޯމަށް ކަމަށެވެ. ސަންސްޕޯޓަށް ދިން އިންޓަވިއުއެއްގައި، މި އެނަލިސްޓް ލަފާދިނީ ބެލިންހަމް އަށް ރަސްމީކޮށް 10 ނަންބަރު ޖާޒީ ހަވާލުކޮށްފައިވީ ނަމަވެސް، މައި ފޯވާޑްގެ ފަހަތުން ކުޅެންވާނީ ރޮޖާސް ކަމަށެވެ. މި ދެ ކުޅުންތެރިންގެ ކްލަބް ސީޒަންތަކުގެ ތަފާތު ބޮޑުވުމަކީ ޓުޗެލްއަށް ޓީމު ހޮވުމުގައި ބޮޑު ބޯހާސްކަމެއް ކުރިމަތިވާނެ ކަމެކެވެ.

އެސްޓަން ވިލާގެ ޕްލޭމޭކަރު އިޚްތިޔާރު ކުރި ސަބަބު ހާމަކުރަމުން ޝިއަރާ ބުންޏެވެ: "މިވަގުތު، ރޮޖާސް އުޅެނީ ކުޑަކޮށް ކުރީގައި. އަހަރެން މި ބުނަނީ ބެލިންހަމްއަށް އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، ރޮޖާސް ވަނީ އެ މަގާމަށް ނިކުމެ ވަރަށް ރަނގަޅަށް ކުޅެފައި."

މި ލެޖެންޑަރީ ފޯވާޑް ވަނީ އުމުރުން 23 އަހަރުގެ ކުޅުންތެރިޔާގެ ކުރިއެރުމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އަދި ތަފާސްހިސާބުތަކުން ވެސް މިކަން ސާބިތުވެއެވެ. ރޮޖާސް ވަނީ ހުރިހާ މުބާރާތެއްގައި 55 މެޗު ކުޅެ، ފާހަގަކޮށްލެވޭ ފަދަ ސީޒަނެއް ހޭދަކޮށްފައެވެ. އޭނާ ވަނީ 14 ލަނޑު ޖަހައި 12 އެސިސްޓް ހަދައި، އެސްޓަން ވިލާ އިން ޔޫރޮޕާ ލީގުގެ ތަށި އުފުލާލުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

"އެހެންވީމާ، އަހަރެން ދެކޭ ގޮތުގައި ފުރަތަމަ އެގާރައިގައި ކުޅޭނީ އޭނާ ، އަދި ބެލިންހަމް އަށް ވާގޮތެއް ބަލަން ޖެހޭނެ. ރޮޖާސްގެ ކުޅުން ވަރަށް މޮޅު. އޭނާއަކީ ހަގީގަތުގައި ވެސް ވަރަށް ހުނަރުވެރި ކުޅުންތެރިއެއް. އަދި އޭނާ ވަނީ ވޯލްޑް ކަޕަށް ގޮސް، ވަރަށް ރަނގަޅު ކުޅުމެއް ދެއްކުމުގެ ހައްގު ހޯދާފައި."ޝިއަރާ ބުނެފައި ވެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު