ހެޑް ކޯޗުގެ މަގާމުން އާން ސްލޮޓް ވަކިކުރުމާ ގުޅިގެން، އެންޑޯނީ އިރައޯލާއާ އެކު ރަސްމީ މަޝްވަރާތައް ފެށުމަށް ލިވަޕޫލުން ތައްޔާރުވަމުންދާކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
ބޯންމައުތުގެ ކުރީގެ ހެޑް ކޯޗު މި ހަފުތާގެ ކުރީކޮޅު އޭސީ މިލާނާ އެކު ކުރި މަޝްވަރާތައް މަޑުޖައްސާލުމަށް ފަހު، ބަޔާން ލެވަކޫސަނާ އެކު ދަނީ މަޝްވަރާ ކުރަމުންނެވެ.
ނަމަވެސް، އެ މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް ލިވަޕޫލްގެ ވަޒީފާއަށް އިރައޯލާ އަދިވެސް ޝައުގުވެރިވާ ކަމަށް އިޓަލީގެ ސްކައިއިން ވަނީ ރިޕޯޓްކޮށްފައެވެ.
ފުޓްބޯޅަ ރިޕޯޓްތައް ބުނާ ގޮތުގައި ލިވަޕޫލްގެ ޑިރެކްޓަރ އޮފް ފުޓްބޯލް ރިޗަޑް ހިއުސްއާ އެކު އިރައޯލާގެ ގާތް ގުޅުމެއް އޮންނަ ކަމަށާއި 2023ވަނަ އަހަރު ހިއުސް ވަނީ ރަޔޯ ވަޔެކާނޯއިން ބޯންމައުތަށް އިރައޯލާ ގެންދިޔުމަށް އެ ކްލަބަށް ބާރުއަޅައިފައެވެ.އޭގެ ފަހުން އޭނާ ވަނީ ފާހަގަކޮށްލެވޭ ފަދަ މޮޅު މަސައްކަތެއްކޮށް، ލީގުގެ ހަވަނަ ހޯދައިދީގެން ބޯންމައުތު ޔުރޮޕާ ލީގަށް ކޮލިފައިކޮށްދީފައެވެ.
އިރައޯލާއަށް ކްރިސްޓަލް ޕެލަސްގެ ފުރުސަތު ވެސް އޮތް ނަމަވެސް، އެ ކްލަބުން އަބަދުވެސް އުންމީދު ކުރީ އޭނާ ބޮޑު ކްލަބަކާ ގުޅޭނެ ކަމަށެވެ. އެއީ އެ ކްލަބުން ކޮންފަރެންސް ލީގު ކާމިޔާބު ކުރި ފަހުން ވެސް މެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.