ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޝޫޓިން މުބާރާތުގައި ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

އާންމުންގެ ގިނަ ބައެއްގެ އެދުމުގެ މަތިން، ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހުޅުމާލޭ ސްޕޯޓްސް ރޭންޖުގައި އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ނޭޝަނަލް ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ 25ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މީގެ ކުރިން މި މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކަށް ކަނޑައަޅާފައި ވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހެވެ. ނަމަވެސް، މުބާރާތުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ފަހިކޮށްދިނުމުގެ ބޭނުމުގައި ސުންގަޑި ފަސްކުރީކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. މިހާރުވެސް މާލެ އަދި ހުޅުމާލޭގެ ޝޫޓިން ރޭންޖުތަކުގައި މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް އެތުލީޓުން ދަނީ ކުރިއަށް ގެންދަމުންނެވެ.

މިއަހަރުގެ މުބާރާތް ވެގެންދާނީ ދިވެހިރާއްޖޭގެ ޝޫޓިން ތާރީޚުގައި ވެސް ފާހަގަކޮށްލެވޭނެ ޚާއްޞަ މުބާރާތަކަށެވެ. އެގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕެރަލިމްޕިކް ކެޓަގަރީއެއް މި މުބާރާތުގައި ވަނީ ތަޢާރަފުކޮށްފައެވެ. މި މުބާރާތް ކުރިއަށްދާނީ މައިގަނޑު ފަސް ބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ޕްރޮފެޝަނަލް، އެމެޗުއަރ، ޔޫތު، ޖޫނިއަރ އަދި ޕެރަލިމްޕިކް ކެޓަގަރީ ހިމެނެއެވެ.

އެއަރ ރައިފަލް އަދި އެއަރ ޕިސްޓަލް ބޭނުންކޮށްގެން ކުރިއަށްގެންދާ މި އިވެންޓްތަކުގައި، އުމުރުފުރާތަކަށް ބަހާލައިގެން އަންހެން އަދި ފިރިހެން ވަކިންނާއި، މިކްސްޑް ޓީމު އިވެންޓްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ޗެމްޕިއަންޝިޕްގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި މި ކުޅިވަރު ޕްރޮމޯޓުކޮށް، އާ ޒުވާން އެތުލީޓުންތަކެއް އުފައްދައި ތަމްރީނުކުރުން ކަމަށް ޝޫޓިން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު