ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕެރަ އެތުލީޓުންގެ ފަރިތަކުރުންތައް ފަށައިފި

ޝެއާ ކުރޭ Facebook Telegram Viber X

ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ "ނެޝަނަލް ޝޫޓިން ސްޕޯޓްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026"އަށް ޕެރަ އެތުލީޓުން ތައްޔާރުކުރުމަށް އަމާޒުކޮށް، ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހުޅުމާލޭގެ އައު ޝޫޓިން ރޭންޖުގައި ފަރިތަކުރުންތައް ފަށައިފިއެވެ. 

މި މުބާރާތުގައި ވާދަކުރުމަށް މިހާތަނަށް 12ޕެރަ އެތުލީޓަކު ނުކުމެފައިވާއިރު، އެ ފަރާތްތަކަށް އިރުޝާދު ދިނުމުގައި ހަރަކާތްތެރިވަނީ އެސޯސިއޭޝަނުގެ ތަޖުރިބާކާރު 3 ކޯޗުންނެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާއިރު، ފޯމު ހުށަހެޅުމުގެ ސުންގަޑި ކަމަށްވާ މި މަހުގެ 10ވަނަ ދުވަހުގެ ރޭގަނޑު 23:59ގެ ކުރިން އިތުރު އެތުލީޓުން މުބާރާތާ ގުޅޭނެ ކަމަށް އެސޯސިއޭޝަނުން ލަފާކުރެއެވެ. 

މި ތަމްރީނުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝޫޓިން އެސޯސިއޭޝަނުގެ އެކްސްކޯ މެމްބަރު އިސްމާއީލް ޝަފީޤް ފާހަގަކުރެއްވި ގޮތުގައި، މުބާރާތް ފެށެން ދެން މެދުކެނޑުމެއް ނެތި ކޮންމެ ދުވަހަކު ވެސް ފަރިތަކުރުންތައް ކުރިއަށްދާނެއެވެ. އަދި އެތުލީޓުންގެ ފަރާތުން ފެންނަ ވަރުގަދަ އަޒުމާއި ޝައުޤުވެރިކަމަކީ، ރާއްޖޭގައި ޕެރަ ޝޫޓިންގެ ޤައުމީ ޓީމެއް ބިނާކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ވަރަށް ބޮޑު އުންމީދެއް ކަމުގައި އޭނާ ސިފަކުރެއްވިއެވެ.

ހޯމަ ދުވަހު ފެށި މި ފަރިތަކުރުންތަކުގެ ފުރަތަމަ ސެޝަން ބައްލަވާލެއްވުމަށް، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ އިސް ބޭފުޅުން ވަޑައިގެންނެވިއެވެ. މި ޒިޔާރަތުގައި ސަފީރު ވަނީ ދިވެހި ޕެރަ އެތުލީޓުންގެ ހިތްވަރަށް ތައުރީފުކުރައްވައި، އެ ފަރާތްތަކުގެ ކުރިއެރުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ޖަޕާނުން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު