ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބަލިވި ނަމަވެސް ރާއްޖޭގެ އަންހެން ޓީމުން ދެއްކީ މޮޅުކުޅުމެއް

ޝެއާ ކުރޭ Facebook Telegram Viber X

މިހާރު ކުރިއަށްދާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ކުޅުނު ފަހު މެޗުގައި، މޮޅު ކުޅުމެއް ދެއްކުމަށް ފަހު ފަހު ދެ އަހަރުގެ ޗެމްޕިއަން ބަންގްލަދޭޝް އަތުން 4-2 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.

އިންޑިއާގެ ގޯއާގައި ހުންނަ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރާއްޖޭގެ ޓީމުން ވަނީ ބަންގްލަދޭޝް ކައިރީގައި ތައުރީފު ހައްގު ހިތްވަރުގަދަ ކުޅުމެއް ދައްކާފައެވެ.

މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ބަންގްލަދޭޝްގެ އަނީކާ ރާނިއާ ސިއްދީޤު ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ހޯދައިދިނެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި އުމެހްލާ މަރްމާ ވަނީ ބަންގްލަދޭޝްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖޭގެ މަރިޔަމް ނޫރާ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްދިނެވެ.

ދެވަނަ ހާފު ފެށިގެން 12 ވަނަ މިނެޓުގައި ރާއްޖޭގެ އާމިނަތު ފަޒްލާ ލަނޑެއް ޖަހައި ނަތީޖާ 2-2އިން އެއްވަރުކޮށްދިނެވެ. އެކަމަކު، މެޗުގެ 64 ވަނަ މިނެޓުގައި ސައުރަވީ އަކަންޑާ ޕްރިތީ ޖެހި ލަނޑުން ބަންގްލަދޭޝްއިން އަލުން ލީޑު ހޯދިއިރު، މެޗުގެ އިތުރު ވަގުތުގައި ކޮހާޓީ ކިސްކޫ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައި މެޗުން މޮޅުކޮށްދީފައެވެ.

މި ނަތީޖާއާ އެކު ގްރޫޕް ބީ އިން ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުވީ ބަންގްލަދޭޝްއާއި އިންޑިއާއަށެވެ. މި ދެ ޓީމު ގްރޫޕްގެ އެއްވަނަ ކަނޑައެޅުމަށް ބާކީ އޮތް މެޗުގައި ބައްދަލުކުރާނެއެވެ. ރާއްޖޭގެ ޓީމުން ފުރަތަމަ މެޗުގައި އިންޑިއާ އަތުން 11-0އިން ބަލިވި ނަމަވެސް، 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗު ސޮބާހު މުޙައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ދެއްކި ކުޅުމަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު