ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

"ދިއްދޫގެ ކާމިޔާބީގެ އަސްލަކީ ކުޅުންތެރިންގެ ގަދަފަދަ އަޒުމް"

ޝެއާ ކުރޭ Facebook Telegram Viber X

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަލަށް ވާދަކުރާ ދިއްދޫ ސްޕޯޓްސް ކްލަބުން މިހާތަނަށް ދައްކާފައިވާ ފާހަގަކޮށްލެވޭ ކުޅުމުގެ މައިގަނޑު ސިއްރަކީ ޓީމުގެ ކުޅުންތެރިންގެ ކިބައިގައި ހުރި ގަދަފަދަ ހިތްވަރާއި މިންނަތް މަސައްކަތްކަމަށް، އެ ޓީމުގެ ހެޑް ކޯޗު މޫސާ އިބްރާހީމް ހާމަކޮށްފިއެވެ.

މާލޭގައި ކުޅޭ އަވޭ މެޗުތައް ނިންމާލުމަށްފަހު އަމިއްލަ ރަށަށް ޓީމު އެނބުރި ދިއުމުގެ ކުރިން މަދުވެގެން ހަތް ޕޮއިންޓް ހޯދުމަށް ކުރިން އަމާޒު ހިފި ނަމަވެސް، ދެވަނަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން މެޗުގެ އެންމެ ފަހު ވަގުތުކޮޅު 3-2އިން ލިބުނު ނާކާމިޔާބީއާ އެކު މިހާރުގެ ޓާގެޓަކީ ހަ ޕޮއިންޓް ހޯދުންކަމަށް މޫސަ ވަނީ ބުނެފައެވެ. ވިކްޓަރީ އަތުން ބަލިވުމަކީ ޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފިލާވަޅެއްކަން ފާހަގަކުރަމުން، ކޯޗު ބުނީ ކުރިއަށް ހުރި މެޗުތަކުގައި ފަހު ކަށިގަނޑާ ހަމައަށް (100މިނެޓަށް)ވެސް ކުޅުންތެރިން ތިބޭނީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.

ލީގުގެ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް 1-0ގެ ނަތީޖާއަކުން ކުރި ހޯދިފައިވުމުން، ކުރިއަށް އޮތް ކުރިމަތިލުންތަކަށް ނުކުންނަން ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް އިތުބާރު ހޯދައިގެންކަން ވެސް އޭނާ ބުންޏެވެ. އާދީއްތަ ދުވަހުގެ ހަވީރު ބިސްބުރާ ދެކޮޅަށް ކުޅޭ މެޗަށް އިޝާރާތްކޮށް މޫސަ ބުނީ، އެއީ ބަލި ޓީމެއް ނޫން ކަމަށާއި ދެ ޓީމުގެ ފެންވަރު އެއްގޮތްވުމުން މި މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދުން ފިޔަވައި އެހެން ގޮތެއް ނެތް ކަމަށެވެ.

މާލޭގައި ކުޅޭ މެޗުތަކަށް ފަހު، އަންނަ މަހުގެ ތެރޭގައި ދިއްދޫ ޓީމު އެ ރަށުގެ ސަޕޯޓަރުންގެ ކުރިމަތީގައި ހޯމް މެޗެއްގައި ނުކުންނާނީ ނިއުރޭޑިއަންޓާ ދެކޮޅަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު