ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ނައިބޮލި އަންހެން ފައިނަލަށް ކޭކޭޑީޑީ

ޝެއާ ކުރޭ Facebook Telegram Viber X

ޅ. ނައިފަރު ކައުންސިލުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ނައިބޮލި ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، ސައްތައިން ސައްތަ ރެކޯޑަކާއެކު ކޭކޭޑީޑީއިން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

ލީގު އުސޫލުން ކުޅުނު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ކޭކޭޑީޑީ ފައިނަލަށް ދިޔައީ ފަހު މެޗުގައި އަރޭކާ އެފްސީގެ މައްޗަށް 8-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގައި ކޭކޭޑީޑީއަށް ކުޅޭ އީރާނުގެ ކުޅުންތެރިޔާ މަރިޔަމް ނޫރީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާ ވަނީ އެކަނި ވެސް ހަ ގޯލު ކާމިޔާބުކޮށްފައެވެ. އެ ޓީމަށް ދެން ލަނޑުތައް ޖަހައިދިނީ ޝައުފާ އިބްރާހީމްއާއި ފާތިމަތު ޝަހާއެވެ.

މުބާރާތުގެ އަންހެން ފައިނަލުގައި ކޭކޭޑީޑީއާ ދެކޮޅަށް ނުކުންނާނެ ޓީމެއް ޔަގީން ވާނީ އަންގާރަ ދުވަހު އަރޭކާ ސްޕޯޓްސް ކްލަބާއި އެޕެކްސް ސްޕޯޓްސް ކްލަބް ބައްދަލުކުރާ ސެމީ ފައިނަލް މެޗަށް ފަހުގައެވެ. 

ފިރިހެން ޑިވިޝަނަށް ބަލާއިރު، ގްރޫޕް ބީ އިން ސެމީގެ ޖާގަތައް ކޭކޭޑީޑީ އަދި ކޮނަހާސްއިން ވަނީ ކަށަވަރުކޮށްފައެވެ. ގްރޫޕް އޭ އިން ކޮރަކަލި އެފްސީ ސެމީއަށް ގޮސްފައިވާއިރު، އެ ގްރޫޕުގެ ފަހު ޖާގައަށް ވާދަކުރަނީ ވެސްޓަން ސްޕޯޓްސް ކްލަބާއި، އަރޭކާގެ އިތުރުން ޔޫރަޕްއެވެ. ހަ ޕޮއިންޓާ އެކު ޔޫރަޕް މި ވަގުތު އޮތީ ބާކީ ހުރި މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކަށް އިންތިޒާރުކުރާށެވެ. ވެސްޓަންއާއި އަރޭކާ މޮޅުވެއްޖެ ނަމަ، ސެމީއަށް ދާނެ ޓީމެއް ކަނޑައަޅަން ޖެހޭނީ ތިން ޓީމުގެ ފައިދާ ގޯލަށް ބަލައިގެންނެވެ. 

ނައިފަރުގައި ކުރިއަށްދާ މި ފޯރިގަދަ މުބާރާތުގެ ފިރިހެން ޗެމްޕިއަނަށް ބައިލައްކަ ރުފިޔާ ދޭން ހަމަޖެހިފައިވާއިރު، އަންހެން ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 25،000ރުފިޔާގެ ފައިސާގެ އިނާމެކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު