ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އަލްކަރާޒް އަލުން ކޯޓަށް ނުކުންނަނީ

ޝެއާ ކުރޭ Facebook Telegram Viber X

އަތަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ހަތަރު މަސްދުވަސް ވަންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހު، ދުނިޔޭގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ކާލޮސް އަލްކަރާޒް އަންނަ ހަފުތާގައި އެމެރިކާގެ ނިއުޔޯކްގައި ފަށާ ޔޫއެސް އޯޕަން މުބާރާތުން އަލުން ކޯޓަށް ނުކުންނަން ތައްޔާރުވެއްޖެއެވެ. 

މި މަހުގެ 30އިން ފެށިގެން އަންނަ މަހުގެ 13ގެ ނިޔަލަށް ކުރިއަށްދާ ޔޫއެސް އޯޕަންއަށް އޭނާ ނުކުންނައިރު، އަލްކަރާޒްއަކީ އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ވެސް މެއެވެ. މި މުބާރާތަކީ އަނިޔާއިން މުޅިން ރަނގަޅުވެ އޭނާ ކުޅުމުގެ ތެރެއަށް އަންނަ ފުރަތަމަ މުބާރާތެވެ.

މީގެ ކުރިން އަތަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދަމުން ދިއުމުގެ ސަބަބުން، މުހިންމު ބޮޑެތި މުބާރާތްތަކެއް އޭނާއަށް ވަނީ ގެއްލިފައެވެ. އެގޮތުން، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އޭނާގެ އުފަން ގައުމު ކަމަށްވާ ސްޕެއިންގައި ކުރިއަށްދިޔަ ބާސެލޯނާ އޯޕަންގެ އިތުރުން މަޝްހޫރު ފްރެންޗް އޯޕަންގައި ވެސް އަލްކަރާޒްއަށް ވާދަކުރެވޭގޮތް ވަނީ ނުވެފައެވެ.

އެމެރިކާގައި ބާއްވާ މުބާރާތްތަކަކީ އަލްކަރާޒްގެ ކެރިއަރުގައި ވަރަށް ހާއްސަ މުބާރާތްތަކެކެވެ. އޭނާގެ އެންމެ ފުރަތަމަ ގްރޭންޑް ސްލޭމް ވެސް އެމެރިކާއިން ކާމިޔާބުކޮށްފައިވާއިރު، އެ ގައުމުގައި އޭނާއަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވެއެވެ. އޭޓީޕީ ރޭންކިންގެ އެއްވަނަ މަގާމަށް ދަތުރުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު އަލްކަރާޒް ހޯދާފައިވަނީ ވެސް އެމެރިކާގައި ބޭއްވި މުބާރާތް ކާމިޔާބުކުރުމަށް ފަހުގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު