ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހުސް ގޯލަކަށް ޕެނަލްޓީ ޖަހައި ކާމިޔާބީ މަލާގާއަށް

ޝެއާ ކުރޭ Facebook Telegram Viber X

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިނގިރޭސިވިލާތުގެ ފުލަމްއާއި ސްޕެއިންގެ މަލަގާ ބައްދަލުކުރި ޕްރީ ސީޒަން މެޗު އެއްވަރުވުމުން ޖަހަންޖެހުނު ޕެނަލްޓީތައް، ފުލަމްގެ ކުޅުންތެރިން ދަނޑުން ފޭބުމުން މަލަގާއިން ހުސް ގޯލަށް ޖަހައިފިއެވެ.

މަލަގާގެ ދަނޑުގައި އިއްޔެ ކުޅުނު މި މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 90ވަނަ މިނެޓުގައި ލަނޑެއް ޖަހައިގެން މަލަގާއިން ނަތީޖާ ހަމަހަމަކުރި އެވެ. ނަމަވެސް މެޗުގެ ފަހު ވަގުތު ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން، ފުލަމްގެ ކޯޗު އަލްވާރޯ އާބެލޯ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ނަތީޖާ ނެރުމަށް ޓަކައި ޕެނަލްޓީ ޝޫޓްއައުޓަށް ދާން އުޅުމުން ފުލަމްގެ ޓީމުން ވަނީ ދަނޑުން ފައިބައިގެން ގޮސްފައެވެ. އެހެންނަމަވެސް، މަލަގާގެ ކުޅުންތެރިން ވަނީ ދަނޑުގައި މަޑުކޮށް، ހުސް ގޯލަށް ޕެނަލްޓީތައް ފޮނުވާލައިފައެވެ. މި ޕެނަލްޓީތަކަށް ފަހު މެޗުން މޮޅުވި ކަމަށް ބަލައި، މަލަގާއަށް ވަނީ "ކޮސްޓާ ޑެލް ސޯލް"ގެ ނަމުގައި ކުޅުނު މި މެޗުގެ ތަށި ހަވާލުކޮށްފައެވެ.

ޕެނަލްޓީ ޖެހުމާ މެދު ދެ ކްލަބުގެ މެދުގައި ވަނީ ބޮޑު ހިޔާލުތަފާތުވުމެއް އުފެދިފައެވެ. ފުލަމްއިން ބުނާ ގޮތުގައި މެޗު އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޖަހަން އެއްވެސް އެއްބަސްވުމެއް ވެފައެއް ނުވެއެވެ. ނަމަވެސް މަލަގާއިން ބުނީ މެޗު އިންތިޒާމު ކުރުމުގެ މަރުހަލާގައި ވެފައިވާ އެއްބަސްވުމުގައި، މެޗު އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޖަހަން ޖެހޭނެ ކަމަށް ސާފުކޮށް ލިޔެފައިވާނެ ކަމަށެވެ.

އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު ސްޕެއިންގެ ފުރަތަމަ ޑިވިޝަން ކަމަށްވާ ލަލީގާގައި ވާދަކުރަން ތައްޔާރުވަމުން އަންނަ މަލަގާއަށް މި މޮޅަކީ ސީޒަނަށް ތައްޔާރުވުމުގައި ލިބުނު މުހިންމު ހިތްވަރެކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު