ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޑީނޭ އެނބުރި ޕީއެސްޖީއަށް

ޝެއާ ކުރޭ Facebook Telegram Viber X

އިންގްލެންޑުގެ އެސްޓަން ވިލާ ދޫކޮށް 7މިލިއަން ޕައުންޑުގެ ފީއަކަށް، ފްރާންސްގެ ގަދަބާރު ޕެރިސް ސެންޓް-ޖާމަން (ޕީއެސްޖީ)ގެ ވާތު ބެކްގެ މަގާމު ފުރިހަމަކުރުމަށް ޓަކައި ގައުމީ ޓީމުގެ ޑިފެންޑަރު ލޫކަސް ޑީނޭ ދިގު މުއްދަތެއްގެ އެއްބަސްވުމެއްގެ ދަށުން އަލުން އެ ކުލަބާ ގުޅިއްޖެއެވެ.

އަންނަ 2029ވަނަ އަހަރުގެ ނިޔަލަށް ޕީއެސްޖީގައި މަޑުކުރާ ގޮތަށް ޑީނޭ ސޮއިކުރިއިރު، މިއީ އޭނާ އެ ކުލަބަށް ބަދަލުވި ދެވަނަ ފަހަރެވެ. މީގެ ކުރިން 2013އިން 2015އަށް ވެސް އެ ކުލަބަށް ކުޅެފައިވާ ޑީނޭ ގެނައުމުގެ މައިގަނޑު ސަބަބަކީ، އެ ޓީމުގެ ވާތު ފަޅިން ކުޅެމުން އަންނަ ނޫނޯ މެންޑޭޒްއަށް އެހީތެރިވެދީ، ޓީމުގެ ޑިފެންސް ލައިން އިތުރަށް ހަރުދަނާ ކުރުމެވެ.

ވިދިވިދިގެން ދެ އަހަރު ޔޫރަޕުގެ ތަށި އުފުލާލި ޗެމްޕިއަން ޓީމާ އަލުން ގުޅުމަށްފަހު މީޑިއާއާ ވާހަކަދައްކަމުން ޑީނޭ ބުނީ، މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ޕީއެސްޖީން ހޯދާފައިވާ ބޮޑެތި ކުރިއެރުންތައް ފާހަގަކޮށް، އޭނާގެ ފުޓުބޯޅައިގެ ތަޖުރިބާގެ އަލީގައި ކުލަބާއެކު އާ ސަފުހާއެއް ފެށުމަށް ކެތްމަދުވެފައި ހުރިކަމަށް ވެސް އޭނާ ހާމަކުރިއެވެ.

ފްރާންސްގެ ގައުމީ ޖޯޒީގައި މިހާތަނަށް 64މެޗު ކުޅެފައިވާ ޑީނޭ އަކީ ދާދި ފަހުން ނިމިގެންދިޔަ ވޯލްޑް ކަޕްގައި ވެސް އެ ގައުމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މޮޅު ކުޅުމެއް ދައްކާފައިވާ އިތުބާރު ހުރި ކުޅުންތެރިއެކެވެ.

ޔޫރަޕުގެ ތަށީގެ އިތުރުން ފްރާންސް ލީގާއި ފްރެންޗް ކަޕްގެ ތަށި ދިފާއުކުރުމުގެ އަމާޒުގައި ޕީއެސްޖީން ނުކުންނައިރު، ޓީމުގެ ކުރީކޮޅު ވަރުގަދަކުރުމުގެ ގޮތުން ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ފޯވާޑް ފެރަން ޓޮރޭޒް ހޯދުމުގެ މަސައްކަތް ވެސް އެ ކުލަބުން މިހާރު އަންނަނީ ކުރަމުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު