ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޓީޓީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޓީމު ފުރައިފި

ޝެއާ ކުރޭ Facebook Telegram Viber X

މި މަހުގެ 27އިން ފެށިގެން އަންނަ މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ދިއްލީގައި ކުރިއަށްގެންދާ 22ވަނަ ކޮމަންވެލްތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް ޓީމު އެ ޤައުމަށް ފުރައިފިއެވެ.

ދިއްލީގައި ހުންނަ ތިޔަގްރާޖް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި ބޮޑު މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ސްކޮޑުގައި ޖުމްލަ 8ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ފިރިހެން ކުޅުންތެރިން ކަމަށްވާ މޫސާ މުންސިފް އަޙްމަދާއި، މުޙައްމަދު ޝައްފާން އިސްމާޢީލާއި، މުޙައްމަދު އާލް އިމްރާންގެ އިތުރުން އަޚްޔާރު އަޙްމަދު ޚާލިދު ހިމެނޭއިރު، އަންހެން ކުޅުންތެރިންނަކީ ފާޠިމަތު ދީމާ ޢަލީ، އައިޝަތު ރަފާ ނާޒިމް، އައިޝަތު އަލްސާ ނާފިޒް އަދި މިޝްކާ މުޙައްމަދު އިބްރާހީމްއެވެ. ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ދިވެހި އެތުލީޓުން ވާދަކުރާނީ ޓީމު އިވެންޓްތަކުގެ އިތުރުން ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް ކެޓަގަރީތަކުގައެވެ.

މި މުބާރާތާ ކުރިމަތިލުމުގެ ގޮތުން ޤައުމީ ޓީމުން ވަނީ ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި ވަރަށް ފުރިހަމައަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން، ދިވެހި ކުޅުންތެރިންނަށް ތަމްރީނު ދިނުމަށް އިންޑިއާގެ ތަޖުރިބާކާރު ކޯޗަކާއި ހުނަރުވެރި ކުޅުންތެރިއަކު ވެސް ވަނީ ޕްރެކްޓިސްތަކުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ދެކޭގޮތުގައި، ދުނިޔޭގެ ފެންވަރުގެ މިފަދަ މުބާރާތެއްގައި ބައިވެރިވުމަކީ ރާއްޖޭގެ ކުޅުންތެރިންގެ ކުޅުމުގެ ފެންވަރު އިތުރަށް މައްޗަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

ޓޭބަލް ޓެނިސް ފެޑެރޭޝަން އޮފް އިންޑިއާ އަދި ދިއްލީ ގަވަރމަންޓް އޮފް ޓޭބަލް ޓެނިސް ގުޅިގެން ރާވާ ހިންގާ 22ވަނަ ކޮމަންވެލްތު ޓީޓީ ޗެމްޕިއަންޝިޕަކީ ދުނިޔޭގެ 35ޤައުމަކުން އެތުލީޓުން ބައިވެރިވާ ބައިނަލްއަޤުވާމީ ބޮޑު މުބާރާތެކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު