ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފުރަތަމަ މެޗުގައި ގްރީޒްމަން ލަނޑު ޖަހައިފި

ޝެއާ ކުރޭ Facebook Telegram Viber X

އެމެރިކާގައި ބޭއްވި ވޯލްޑް ކަޕާ ގުޅިގެން ދެ މަސްދުވަހުގެ މެދުކެނޑުމަކަށް ފަހު އެމްއެލްއެސްގެ ކުޅުން އަލުން ފެށިއިރު، ފަރަންސޭސި ތަޖުރިބާކާރު ކުޅުންތެރިޔާ އެންޓޮއިން ގްރީޒްމަން އޯލާންޑޯ ސިޓީއަށް ކުޅެދިން ފުރަތަމަ މެޗުގައި ލަނޑު ޖަހައި، ސެން ހޯޒޭ އަރތުކުއޭކްސްގެ މައްޗަށް 4-0އިން އެޓީމު ބޮޑު މޮޅެއް ހޯދައިފިއެވެ.

މި ސީޒަނުގައި އޯލާންޑޯއާ ގުޅުނު އުމުރުން 35އަހަރުގެ ގްރީޒްމަންގެ ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގެ ތެރޭގައެވެ. މުޅި މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް އޯލާންޑޯއިން ދައްކާފައިވާއިރު، އެ ޓީމުގެ އެޑުއާޑް އެޓުއެސްޓާ ވަނީ ލަނޑު ޖެހުމަށް ތިން އެސިސްޓް ފޯރުކޮށްދީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

އޯލާންޑޯގެ ފަރާތުން ފެނިގެންދިޔަ އެހެން ލަނޑުތަކަށް ބަލާއިރު، މެޗުގެ ވަރަށް ކުރީކޮޅު  7ވަނަ މިނެޓުގައި ޑޭވިޑް ބަރެކާލޯ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން 29ވަނަ މިނެޓުގައި އިވާން އެންގޫލޯ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، ފަހު ލަނޑު ޖަހައިދީފައި ވަނީ ބްރައިއަން އޮޖޭޑާއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު