ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ތަށި ކުއީންސް ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 30ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް 2026ގެ އަންހެން ޑިވިޝަންގެ ފައިނަލުގައި މިރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިސްޓިކްސް ބާސްކެޓްބޯލް ކުލަބުގެ މައްޗަށް ބޮޑު ތަފާތަކުން ކުރިހޯދައިގެން މުބާރާތުގެ ޗެމްޕިއަންކަން ކުއީންސް އިން ކަށަވަރުކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ކުއީންސް އިން ކާމިޔާބުކުރީ 58-88ޕޮއިންޓުންނެވެ. މި އަހަރުގެ މުބާރާތުގެ އަންހެން ބައިގައި ވާދަކުރި ހަ ޓީމަކީ ޗެމްޕިއަން ކުއީންސްއާއި ރަނަރއަޕް މިސްޓިކްސްގެ އިތުރުން، ސައިކްލޯން ބާސްކެޓްބޯލް ކުލަބު، ސްޕާކްސް ބާސްކެޓްބޯލް ކުލަބު، ސްޓަރސް ސްޕޯޓްސް ކުލަބު އަދި ކޮމެޓްސް ބާސްކެޓްބޯލް ކުލަބެވެ.

ފައިނަލަށް ދަތުރުކުރުމުގެ ކުރިން، ލީގު ބުރުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް ކުއީންސް، މިސްޓިކްސް އަދި ސައިކްލޯން ވަނީ ޕޮއިންޓުގެ ގޮތުން ހަމަހަމަވެފައެވެ. ނަމަވެސް، ސެމީ ފައިނަލްގައި ކޮމެޓްސްއާ ދެކޮޅަށް ނުކުމެ ބޮޑު ފަރަގަކުން މޮޅުވެ ކުއީންސް ފައިނަލުގެ ޖާގަ ޔަގީންކުރިއިރު، މިސްޓިކްސް ފައިނަލަށް ދިޔައީ ސެމީގެ ދެވަނަ މެޗުގައި ސައިކްލޯން ބަލިކުރުމަށްފަހުގައެވެ.

އަންހެން ޑިވިޝަންގެ އިތުރުން 23ޓީމަކާއެކު ހަ ގްރޫޕަކަށް ބަހާލައިގެން ފިރިހެން ޑިވިޝަންގެ ކުޅުން ވެސް މި މުބާރާތުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ފިރިހެން ބައިގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ލެންސާސް ބާސްކެޓްބޯލް ކުލަބު 69-75އިން ބަލިކޮށް އެލްކިއު ސްޕޯޓްސް ކުލަބު ކުރިހޯދިއިރު، ދެވަނަ ސެމީގައި ސްޕާޓަންސް ސްޕޯޓްސް ކުލަބުގެ މައްޗަށް ނެޓްސް ބާސްކެޓްބޯލް ކުލަބުން ވަނީ 61-75ޕޮއިންޓުން މޮޅުވެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު