ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހިންނަވަރު ފުޓްސަލް ދަނޑު ހުޅުވައިފި

ޝެއާ ކުރޭ Facebook Telegram Viber X

ޅ. ހިންނަވަރުގެ ޒުވާނުންނަށް ކުޅިވަރުގެ އައު ފުރުޞަތުތަކެއް ފަހިކޮށްދިނުމުގެ މަޤުޞަދުގައި، ޕީއެސްއައިޕީ ބަޖެޓުގެ ދަށުން އެރަށުގައި އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑު، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ސަރުކާރުން މި ޒަމާނީ ފެންވަރުގެ ދަނޑު ބިނާކޮށްދީފައި މިވަނީ، އެރަށުގައި ކުރިން ބޭނުންކުރަމުންދިޔަ ދަނޑު ބާވެ ހަލާކުވެފައި އޮންނަތާ އަށް އަހަރު ފާއިތުވި ފަހުންނެވެ. މި ދަނޑު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް ފަހު، ވަޒީރު ވަނީ އެރަށުގެ ޒުވާނުންނަށް ޚާއްޞަކޮށްގެން ފަށާ "ގަނޑިޔަ ފުޓްސަލް ޗެލެންޖް"ވެސް ޝަރަފުވެރިކަމާ އެކު ފައްޓަވައިދެއްވާފައެވެ. ސާދަ ޓީމަކާ އެކު ފެށި މި މުބާރާތަކީ، ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި ފުޓްސަލްގެ ހަރަކާތްތައް ހުއްޓިފައި އޮތުމަށް ފަހު، އެރަށުގައި ބޭއްވޭ މިފަދަ ފުރަތަމަ މުބާރާތެވެ.

މި އައު ދަނޑު ހުޅުއްވައިދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ވަޒީރު ރާފިޢު ވަނީ، މިއީ މުޅި އަތޮޅަށާއި ރަށަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ވަސީލަތުގެ ސަބަބުން ގިނަ މުބާރާތްތަކެއް ބޭއްވި، މުސްތަޤުބަލުގައި މޮޅެތި ހުނަރުވެރި ކުޅުންތެރިންތަކެއް އުފެދިގެން އަންނާނެކަމަށް އުންމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އަމަލީ މަސައްކަތް އެ ކުންފުނިން އެއްކޮށް ނިންމާލާފައިވަނީ ގާތްގަނޑަކަށް އެއް އަހަރު ދުވަހުގެ ތެރޭގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު