ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކްލަބް ކިޑްސް ސްވިމިންގ ފެސްޓިވަލް ފަށައިފި

ޝެއާ ކުރޭ Facebook Telegram Viber X

ތުއްތު ކުދިންގެ މެދުގައި ފެތުމުގެ ހުނަރު އާލާކުރުމުގެ މަޤްޞަދުގައި، ފަސް ކްލަބެއް ތަމްސީލުކުރާ 362ކުދިންނާ އެކު މޯލްޑިވްސް އެކުއަޓިކްސްއިން އިންތިޒާމުކުރާ "ދެވަނަ ކްލަބް ކިޑްސް ސްވިމިންގ ފެސްޓިވަލް"މިއަދު ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގެ ސްވިމިންގ ޕޫލްގައި ފަށައިފިއެވެ.

މި މަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ފެސްޓިވަލުގައި 190ފިރިހެން ކުދިންނާއި 172އަންހެން ކުދިން ވާދަކުރެއެވެ. މިއީ ކުދިންގެ މެދުގައި ފެތުމުގެ ރޫހު ދިރުވައި، ވާދަވެރި މާހައުލަކަށް ކުދިން އަހުލުވެރިކުރުމަށް މޯލްޑިވްސް އެކުއަޓިކްސްއިން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެކުއަޓިކްސްގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވީ، ފެސްޓިވަލްގެ ހަރަކާތްތައް ރޭވިފައިވަނީ މައިގަނޑު ތިން އުމުރުފުރާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން 6އަހަރާއި 7އަހަރާ ދެމެދުގެ ކުދިން "ކިޑްސް އޭ"ގައި ވާދަކުރާއިރު، 8އަހަރާއި 9އަހަރާ ދެމެދުގެ ކުދިން ވާދަކުރާނީ "ކިޑްސް ބީ"ގައެވެ. އަދި އުމުރުން 10އަހަރާއި 11އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަކޮށްފައިވަނީ "ކިޑްސް ސީ"ކެޓެގަރީއެވެ.

މުބާރާތަށް ލިބެމުންދާ ބޮޑު ތަރުހީބު ފާހަގަކުރައްވައި އިސްމާއިލް ވަނީ، ކުދިންގެ ފަރާތުން ފެންނަ ވަރަށް ބޮޑު ފޯރިއާއި ޖޯޝަށް ތައުރީފުކުރައްވާފައެވެ. ގިނަ ކުދިންތަކަކަށް ފެތުމުގެ މައިދާނަށް ނުކުތުމުގެ ފުރުސަތު ފަހިކޮށްދޭ މި ފެސްޓިވަލަކީ މުސްތަޤުބަލުގައި ރާއްޖެއަށް މޮޅެތި ފެތުންތެރިންތަކެއް ނެރެދިނުމުގެ ބިންގާ ކަމުގައި އެ ފަރާތުން ސިފަކުރައްވައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު