އަންނަ އޮގަސްޓު މަހުގެ 16އިން 26އަށް އިންޑިއާގެ މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ޖޫނިއާ އޯޕަން އެންޑް ގާލްސް ޗެސް ޗެމްޕިއަންޝިޕުގައި ވާދަކުރުމުގެ ފުރުސަތު މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ރާއްޖޭގެ 20އަހަރުން ދަށުގެ ކުޅުންތެރިންނަށް ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަން އަންގައި ނަން ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މިރޭގެ 08:00ކަމަށް އެ އިދާރާއިން ވަނީ އިއުލާނުކޮށްފައެވެ. އަދި ރަސްމީކޮށް މުބާރާތަށް ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ މި ހިނގާ މަހުގެ 15ވަނަ ދުވަހެވެ. ޗެސް އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި ކުރީބައިގައި ނަން ހުށަހަޅަން އެންގީ، ކުޅުންތެރިންގެ ދަތުރުފަތުރާއި ހުރުމުގެ ކަންކަން އެންމެ ފުރިހަމައަށް އިންތިޒާމުކުރުމުގެ ބޭނުމުގައެވެ.
ދުނިޔޭގެ ރާޒުވާ ފެޑެރޭޝަން (ފިޑޭ)ގެ މިންގަނޑުތަކާއި އުސޫލުތަކުގެ މަތިން ކުރިއަށްގެންދާ މި ބައިނަލްއަގުވާމީ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ މަހާރާޝްތުރާ ސްޓޭޓްގެ އައިޓީސީ މަރާޓާ ހޮޓެލްގައެވެ. މިއީ ހަމައެކަނި ޒުވާން އުމުރުފުރާގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.