ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސަރަހައްދީ ބޮޑީބިލްޑިންގ މުބާރާތުން ރާއްޖެއަށް ރަނާއި ރިހީގެ ކާމިޔާބީއެއް!

ޝެއާ ކުރޭ Facebook Telegram Viber X

ބޫޓާނުގެ ވެރިރަށް ތިމްޕޫގައި ކުރިއަށްދާ 16ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް، ދިވެހިރާއްޖޭގެ ގައުމީ ޓީމުން އެއް ރަން މެޑައްޔާއި ދެ ރިހި މެޑަލް ހާސިލުކޮށް، ގައުމަށް ބޮޑު ޝަރަފެއް ހޯދައިދީފިއެވެ.

މި މުބާރާތުގައި ދިވެހިރާއްޖެއަށް އެންމެ ފަޚުރުވެރި ވަނައެއް ގެނެސްދިނީ، މެންސް އެތުލެޓިކް ފިޒީކް އަޕް ޓު 167ސެންޓިމީޓަރު ކެޓަގަރީގައި ވާދަކޮށް ރަން މެޑަލް ކާމިޔާބުކުރި އަޒްނީން ރަޝާދެވެ. މީގެ އިތުރުން، މެންސް އެތުލެޓިކް ފިޒީކް އަޕް ޓު 170ސެންޓިމީޓަރު ކެޓަގަރީން އަހުމަދު ނައީމް ރިހި މެޑަލް ހާސިލުކުރިއިރު، މެންސް އެތުލެޓިކް ފިޒީކް އަޕް ޓު 17 ސެންޓިމީޓަރު ކެޓަގަރީގައި ވާދަކުރި އަލީ މަބްރޫކް ލަތީފް ވަނީ ރާއްޖެއަށް ދެވަނަ ރިހި މެޑަލް ކަށަވަރުކޮށްދީފައެވެ.

މެޑަލްތަކުގެ އިތުރުން ވެސް ދިވެހި އެތުލީޓުން ވަނީ މި މުބާރާތުގައި ފާހަގަކޮށްލެވޭ ފަދަ ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން، ޖޫނިއަރ މެންސް ބޮޑީބިލްޑިންގ ކެޓަގަރީގައި ވާދަކޮށް އަހުމަދު ރިޒާން ނިޒާރަށް ހަތަރުވަނަ ލިބުނުއިރު، 55ކިލޯގެ މެންސް ބޮޑީބިލްޑިންގ ކެޓަގަރީން އިބްރާހީމް ސިވާހް އަދި މެންސް ސްޕޯޓްސް ފިޒީކް އަޕް ޓު 175ސެންޓިމީޓަރުން އިނާޒް ޔޫސުފް ވެސް ވަނީ ހަތަރުވަނަ މަގާމު ހޯދާފައެވެ. ހަމައެހެންމެ، މެންސް ސްޕޯޓްސް ފިޒީކް އަޕް ޓު 170ސެންޓިމީޓަރު ކެޓަގަރީގައި ވާދަކުރި ދިވެހި އެތުލީޓަށް ވަނީ ފަސްވަނަ ލިބިފައެވެ.

މިދިޔަ މަހުގެ 30ވަނަ ދުވަހުން ފެށިގެން މި މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި މި މުބާރާތުގައި ސަރަހައްދުގެ އެންމެ ވަރުގަދަ ފިޒީކް އަދި ބޮޑީބިލްޑިންގ އެތުލީޓުންނާ އެކު ވާދަކޮށް، ދިވެހި ޓީމުން މި ކާމިޔާބީ ހޯދާފައިވަނީ ކޯޗު އަބްދުލްހަސީބް ހުސައިންގެ އިރުޝާދުގެ ދަށުންނެވެ. އަދި މި ދަތުރުގައި ގައުމީ ޓީމުގެ މެނޭޖަރުގެ ޒިންމާ އަދާކޮށްފައިވަނީ މުހައްމަދު ނަޒީހެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު