މެންޗެސްޓަރ ސިޓީގެ ތަރި އާލިންގް ހާލަންޑް އޭނާގެ ފުރަތަމަ ވޯލްޑް ކަޕްގައި ކުޅެމުންދާއިރު، 1998ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ނޯވޭ ފަސޭހަކަމާ އެކު ނޮކްއައުޓް ބުރަށް ގެންގޮސްދިނުމަށް އޭނާ ވަނީ އެހީތެރިވެދީފައެވެ.
ހާލަންޑްގެ ޖާޒީއަށް ބަލާއިރު، މި ތަރި ބޭނުންކުރަމުންދަނީ ޕްރިމިއާ ލީގުގެ ސަޕޯޓަރުންނަށް އޭނާގެ ކިބައިން ފެންނަ ނަމާ ތަފާތު ނަމެކެވެ.
މެންޗެސްޓަރ ސިޓީގައި ހާލަންޑް ބޭނުންކުރާ ޖާޒީގެ ފުރަގަހުގައި ހަމައެކަނި "ހާލަންޑް" ޖަހާފައިވީ ނަމަވެސް، އޭނާގެ ގައުމީ ޓީމުގެ ޖާޒީގައި ޖަހާފައިވަނީ "ބްރައުޓް ހާލަންޑް" އެވެ.
މީގެ ފަހަތުގައި ސަބަބެއް އެބައޮތެވެ. ހާލަންޑް ބޭނުންވީ މި ތާރީޚީ ވޯލްޑް ކަޕްގައި އޭނާގެ މައިންބަފައިންގެ ދެފަރާތަށް ވެސް އިހުތިރާމް އަދާކުރުމަށެވެ.
"ހާލަންޑް" އަކީ އޭނާގެ ބައްޕަގެ ފަހަތު ނަމެވެ. "ބްރައުޓް"އަކީ އޭނާގެ މަންމަގެ ކައިވެނީގެ ކުރީގެ ނަމެވެ. އާލިންގްގެ މަންމަ، ގްރީ މަރީޓާ ބްރައުޓްއަކީ ނޯވޭ ތަމްސީލުކުރި ހެޕްޓަތުލޯން ޗެމްޕިއަނެކެވެ. އެހެންކަމުން، ގައުމީ ޓީމާ އެކު އޭނާގެ މަންމަގެ ނަން ޖާޒީގައި ހިމެނުމަކީ އާލިންގް އަދި ނޯވޭއަށް ވެސް ވަރަށް ހާއްސަ މާނައެއް އެކުލެވޭ ކަމެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.