ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތުން 11 އަހަރުގެ ހާޖަރް ލޯ މެޑަލް ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ރާއްޖޭގެ އުންމީދީ ބެޑްމިންޓަން ކުޅުންތެރިޔާ، އުމުރުން އެންމެ 11 އަހަރުގެ އައިޝާ ހާޖަރު ހާނިސް މޫސާ ބައިނަލްއަގްވާމީ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ވާދަކޮށް ލޯ މެޑަލް ހޯދައި ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.

ރިވައިވަލް ސްޕޯޓްސް އެކެޑެމީގެ މި ކުޅުންތެރިޔާ މި ޝަރަފުވެރި ކާމިޔާބީ ހޯދީ މި ޖޫން މަހުގެ 11އިން 14އަށް ކުރިއަށްދިޔަ "އަރްމީނިއަން ޔޫތު އޯޕަން 2026" ބެޑްމިންޓަން މުބާރާތުގައެވެ.

ހާޖަރު މި މެޑަލް ހާސިލުކުރީ މުބާރާތުގެ 13 އަހަރުން ދަށުގެ މިކްސް ޑަބަލްސް ބައިންނެވެ. މި އިވެންޓުގައި އޭނާ ވާދަކުރީ އަރްމީނިއާގެ ކުޅުންތެރިއެއް ކަމަށްވާ އަވެޓް އަލެކްސަންޔަންއާ އެކު ޕެއާ ހަދައިގެންނެވެ. މިއީ ހާޖަރުގެ ކެރިއަރުގައި ވާދަކުރި ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތް ކަމަށްވާއިރު، ފުރަތަމަ ފަހަރު ވެސް ރާއްޖެއަށް މެޑެއްޔެއް ހޯދައިދިނުމުން އޭނާގެ ހުރި ހުނަރުވެރިކަން ވަރަށް ބޮޑަށް ސާބިތުވެގެން ގޮސްފައިވެއެވެ.

ބެޑްމިންޓަން ޔޫރަޕް ފެޑެރޭޝަނުން ބަލައިގަނެ، އެ ފެޑެރޭޝަންގެ ރަސްމީ ކަލަންޑަރުގައި ހިމަނާފައިވާ މި މުބާރާތަކީ ވަރަށް ވާދަވެރި މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި އެކި ގައުމުތަކުން 90 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި މުބާރާތް ބޭއްވި އަރްމީނިޔާގެ އިތުރުން ޖޯޖިޔާ، ކަޒަކިސްތާން، ސައިޕްރަސް، އިޒްރޭލް އަދި ރަޝިޔާ ފަދަ ބެޑްމިންޓަންގައި ކުރިއަރަމުން އަންނަ ގައުމުތަކުގެ އެތުލީޓުން ހިމެނެއެވެ.

މިފަދަ ވަރުގަދަ އަދި ވާދަވެރި މުބާރާތަކުން އުމުރުން އެންމެ 11 އަހަރުގެ ހާޖަރު ހޯދި މި ބޮޑު ކާމިޔާބީއަށް ޓަކައި ރިވައިވަލް ސްޕޯޓްސްއިން ވަނީ އޭނާއަށް ވަރަށް ހޫނު ތަހުނިޔާއެއް ކިޔާފައެވެ. މިއީ ރާއްޖޭގެ ބެޑްމިންޓަންގެ ކުރިމަގަށް ލިބުނު ވަރަށް ބޮޑު އުންމީދެކެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު