ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކްލަބް ޗެސް މުބާރާތުގެ ޗެމްޕިއަންކަން ޒުގްޒުވާން ކްލަބުން ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ނޭޝަނަލް ކްލަބް ޗެސް ޗެންޕިއަންޝިޕްގެ ޗެމްޕިއަންކަން ޒުގްޒުވާން ޗެސް ކްލަބުން ހޯދައިފިއެވެ.

 މި މަހުގެ 17 އިން 25 އަށް ހުޅުމާލޭ ޗެސް އާކޭޑްގައި ކުރިއަށްދިޔަ މި މުބާރާތުގެ ތަށި އެ ކްލަބުން ކަށަވަރުކުރީ، މުބާރާތް ނިމެން ބާކީ އެއް ބުރު އޮއްވައި ވާދަވެރިންނަށް ވުރެ ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ.

ޖުމްލަ 17 ޓީމަކުން ވާދަކުރި މި މުބާރާތުގެ ދެވަނަ ނުވަތަ ރަނަރަޕްކަން ހޯދާފައި ވަނީ ކްލަބް ޑަބަލް އެއިޓްއެވެ. އަދި މުބާރާތުގެ ތިންވަނަ މަގާމު ހާސިލްކުރީ ކާސަލް ޗެސް ކްލަބް އެންޑް އެކަޑަމީންނެވެ. މިއީ ރާޒުވާ އެސޯސިއޭޝަނުގައި ރަޖިސްޓްރީކޮށްފައިވާ ކްލަބުތަކުގެ އިތުރުން އޮފީސްތަކަށް ވެސް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ.

މި ފަހަރުގެ މުބާރާތުގެ ތަށި އުފުލާލި ޒުގްޒުވާން ޗެސް ކްލަބުން މުބާރާތާ ކުރިމަތިލީ ވަރުގަދަ ބިދޭސީ ކުޅުންތެރިންތަކަކާ އެކުގައެވެ. އެގޮތުން އިންޑިއާގެ ގްރޭންޑް މާސްޓާ ލެވެލްގެ ކުޅުންތެރިއެއް ކަމަށްވާ ހަރިކްރިޝްނާގެ އިތުރުން، އިންޓަނޭޝަނަލް މާސްޓާ ލެވެލްގެ ކުޅުންތެރިއެއް ކަމަށްވާ މުތައްޔާ ވެސް އެ ޓީމުގެ ސްކޮޑުގައި ހިމެނިގެން ކުޅެފައިވެއެވެ.

މި މުބާރާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވަނަވަނައަށް ދިޔަ ޓީމުތަކަށާއި ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވީ އެމް ސެވަން ގްރޫޕްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޢަބްދުއްސައްތާރުއެވެ. ރާޒުވާ އެސޯސިއޭޝަނުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި މުބާރާތަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ލިބިފައިވާކަން އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު