މިހާރު ކުރިއަށްދާ 35ވަނަ ގައުމީ އެތްލެޓިކްސް މުބާރާތުގައި ވާދަކޮށް، އަންހެނުންގެ ޝޮޓް ޕުޓް އިވެންޓުގެ ގައުމީ ރިކޯޑް އާއިޝަތު ޝާޔާ ޝަފީއު އަނެއްކާ ވެސް އައުކޮށްފިއެވެ.
ޝާޔާ މި ރިކޯޑް އައުކުރީ 10.20މީޓަރުގެ ދުރަށް ޝޮޓް ޕުޓް އެއްލައިގެންނެވެ.
މިއީ ޝާޔާގެ އަމިއްލަ ރިކޯޑަށް ގެނައި ބޮޑު ކުރިއެރުމެކެވެ. މީގެ ކުރިން ވެސް މި ރިކޯޑް ދަމަހައްޓަމުން އައި ޝާޔާގެ ކުރީގެ ރެކޯޑަކީ 9.80މީޓަރެވެ. އެހެންކަމުން މިއަހަރުގެ މުބާރާތުގައި އޭނާ މި ވަނީ ކުރީގެ ރިކޯޑަށްވު ރެ 40ސެންޓިމީޓަރު ދުރަށް އެއްލައިފައެވެ. ޝާޔާގެ ކުރީގެ ރިކޯޑް އޭނާ ހަދާފައިވަނީ ފާއިތުވެދިޔަ އަހަރުގެ އޯގަސްޓް މަހު ބޭއްވި ގައުމީ ޗެންޕިއަންޝިޕުގައެވެ.
މާފަންނު ކުޅިވަރު އެކުވެނީގައި ކުރިއަށްދާ މި އަހަރުގެ ގައުމީ އެތްލެޓިކްސް މުބާރާތް ކުރިއަށްދާނީ މި މަހުގެ 18އިން ފެށިގެން 26ގެ ނިޔަލަށެވެ. މި މުބާރާތުގައި ޖުމްލަ 19ކުލަބަކުން 153އެތްލީޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނެނީ 56އަންހެން އެތްލީޓުންނާއި 97ފިރިހެން އެތްލީޓުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.