ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހޭންޑްބޯލް ޓީމް، ބަނގްލަދޭޝްއަށް

ޝެއާ ކުރޭ Facebook Telegram Viber X

އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑްރޭޝަން  (އައިއެޗްއެފް)ޓްރޮފީގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ދެ ޓީމް ބަނގްލަދޭޝްއަށް ހިނގައްޖެއެވެ.

ބަނގްލަދޭޝްއަށް އިއްޔެ ދިޔަ ދެ ޓީމަކީ 18 އަހަރުން ދަށާއި 20 އަހަރުން ދަށުގެ ޒުވާން ފިރިހެން ދެ ޓީމެވެ.

އައިއެޗްއެފްގެ އޭޝިއާ ޒޯން2 ގެ މި މުބާރާތް އޮންނާނީ މި މަހުގެ 10އިން 14އަށް ޑާކާގައެވެ.

20 އަހަރުން ދަށުގެ މުބާރާތް ރޭވިފައި ވަނީ ދެ ގްރޫޕަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ސެމީގައި ކުޅޭ ގޮތަށެވެ. ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން އޮތީ އަފްގާނިސްތާނާއި ބަނގްލަދޭޝްއެވެ. އަނެއް ގްރޫޕްގައި އިންޑިއާއާއި ނޭޕާލާއި ޔަމަނެވެ.

18 އަހަރުން ދަށުގެ މުބާރާތް ރޭވިފައި އޮތީ ހަމަ މި ގައުމުތަކުގެ ޓީމްތަކުގެ މެދުގައި އޮންނަ ލީގު ބުރެއްގެ މައްޗަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު