ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޓޮޓެންހަމުން ވަކިކުރުމަކީ އަލުން ވިސްނާލަން ލިބުނު ފުރުސަތެއް

ޝެއާ ކުރޭ Facebook Telegram Viber X

މި ޓްރާންސްފަރގައި އަލުން ކޯޗިންގެ ތެރެއަށް އެނބުރި ނުދާނެ ކަމަށް ޓޮޓެންހަމް އަދި ބްރެންޓްފޯޑްގެ ކުރީގެ ކޯޗު ތޯމަސް ފްރޭންކް ބުނެފިއެވެ.

ޓޮޓެންހަމްގެ ކޯޗުކަމުގައި އަށް މަސް ދުވަސް ވެސް ނުވަނީސް ފެބްރުއަރީ މަހު އެ މަގާމުން ވަކިކުރި ފްރޭންކް ބުނީ  ޓޮޓެންހަމް ދޫކޮށްލަން ޖެހުމުން، ފަހަތަށް ފިޔަވަޅެއް އަޅައި، މިހާތަނަށް ކުރި ދަތުރާ މެދު ވިސްނާލުމުގެ ފުރުސަތު ލިބިއްޖެ ކަމަށެވެ.

"ބޭރުން ބަލާއިރު، ނަތީޖާތައް އަހަރެމެން ބޭނުންވި ގޮތަށް ނުދިއުމުން، އެއީ ޓޮޓެންހަމްގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ވަގުތެއްގެ ގޮތުގައި ފެނިދާނެއެވެ. ނަމަވެސް، އެތެރެއިން ބަލާއިރު، އެ ކްލަބަކީ ކޮންމެ ދުވަހަކު ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ހުނަރުވެރި އެތައް މީހުންނެއް ފުރިގެންވާ، ވަރަށް ހާއްސަ ކްލަބެއްކަން ސާފުވެއެވެ. ޓޮޓެންހަމަށް އޮތީ އުޖާލާ މުސްތަގުބަލެއް ކަމާމެދު އަހަރެން އެއްވެސް ޝައްކެއް ނުކުރަމެވެ. ފުޓްބޯޅައަކީ އަދިވެސް އަހަރެންގެ ދިރިއުޅުމުގެ ވަރަށް ބޮޑު ބައެކެވެ. އަދި އަހަރެން ނިންމާފައި ވަނީ މި ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ. ކުރިއަށް އޮތް މަސްތަކުގައި، އާއިލ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމުގެ އިތުރުން، ކުޅިވަރުގެ ދާއިރާގައްޔާއި އެއިން ބޭރުގެ އެހެނިހެން ލީޑަރުންގެ ފަރާތުން ކަންކަން ދަސްކޮށް، އޮބްޒާވްކޮށް، ކިޔެވުން ކުރިއަށް ގެންދާނަމެވެ." ފްރޭންކް ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.

އޭނާ ބުނީ ސްޕާސް ދޫކޮށްލި ފަހުން ވާހަކަތަކެއް ދެކެވި، ފުރުސަތުތަކެއް ލިބުނު ކަމަށާއި ނަމަވެސް އަވަސްއަރުވާލައިގެން ދެން އޮތް މަގާމާ ހަވާލުނުވާން ނިންމީ ކަމަށެވެ.

" ރަނގަޅު ވަގުތު ޖެހުމުން މެނޭޖަރެއްގެ ގޮތުގައި އެނބުރި އައުމަށް އިންތިޒާރު ކުރާނަމެވެ." އޭނާ ބުނެފައި ވެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު