ދަ ބެޑްމިންޓަން ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2026" ބެޑްމިންޓަން މުބާރާތް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.
މިއީ މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ.
މި މުބާރާތް ކުރިއަށްދާނީ އަންނަ ޑިސެމްބަރު މަހުގެ 13އިން ފެށިގެން 19ގެ ނިޔަލަށެވެ. މުބާރާތުގެ ހުރިހާ މެޗުތަކެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެކުވެނި ބެޑްމިންޓަން ކޯޓުގައެވެ.
މި މުބާރާތުގައި ހިމެނޭ ކެޓަގަރީތަކުގެ ތެރޭގައި ޕެރަލިމްޕިކްސް، ސްޕެޝަލް އޮލިމްޕިކްސް އަދި އޯޕަން ކެޓަގަރީ ހިމެނެއެވެ. މީގެ އިތުރުން 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ސިންގަލްސްއާއި ޑަބަލްސް އިވެންޓުތައް ވެސް މި ފަހަރުގެ މުބާރާތުގައި ކުރިއަށްދާނެއެވެ.
މި މުބާރާތަކީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)އާއި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ކުރިއަށްގެންދާ މުބާރާތެއް ކަމަށް ބެޑްމިންޓަން ކްލަބުން ބުނެއެވެ.
އެންމެ ފުރަތަމަ ބޭއްވި ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގައި 8 ގައުމަކުން 347 އެއްހާ އެތުލީޓުން ވާދަކޮށްފައިވެއެވެ. އަދި އެ މުބާރާތުގައި ގާތްގަނޑަކަށް 750 މެޗު ކުޅެފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.