ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވޮލީބޯޅަ ދެވަނަ ޑިވިޝަންގެ ދެވަނަ ދުވަހުގެ މެޗުތައް!

ޝެއާ ކުރޭ Facebook Telegram Viber X

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ދުވަހުގެ މެޗުތައް  ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ޔޫތު ނިއު ޖެނެރޭޝަން، ރާއްޖެ ވޮލީ ކްލަބު، އަސްދިގާ ސްޕޯޓްސް ކްލަބް އަދި ވޮލީބޯލް ފެމިލީ އެސޯސިއޭޝަން ކާމިޔާބުކޮށްފިއެވެ.

މި ދުވަހުގެ ފުރަތަމަ މެޗުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުން ވަނީ މުނީޒް ވޮލީބޯލް މޫވްމެންޓް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. އެ މެޗުގެ ސެޓުތައް އެޓީމުން ގެންދިޔައީ 18-04، 18-06 އަދި 18-05 އިންނެވެ. ދެވަނަ މެޗުގައި ޔޫތު ނިއު ޖެނެރޭޝަނުން ވެސް ވަނީ ކްލަބް ވޮލީބޯލްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދާފައެވެ. މި މެޗުގެ ސެޓުތައް ނިމުނީ 18-07، 18-09 އަދި 18-11 އިންނެވެ.

އެންމެ ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައީ ރާއްޖެ ވޮލީ ކުލަބާއި ސްޕޯޓްސް ކުލަބް ވިޝަން ބައްދަލުކުރި ތިންވަނަ މެޗުގައެވެ. ފަސް ސެޓަށް ދެމިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 18-13 އިން ވިޝަން ކާމިޔާބުކޮށްފައި ވަނިކޮށް، ރާއްޖެ ވޮލީ ކުލަބުން ފަހަތުން އަރައި 18-15 އަދި 18-12 އިން ދެ ސެޓު ހޯދައި ލީޑު ނެގިއެވެ. ނަމަވެސް، ވިޝަން އިން ހަތަރުވަނަ ސެޓު 18-10 އިން ކާމިޔާބުކޮށް މެޗު އެއްވަރުކުރިއެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު ރާއްޖެ ވޮލީ ކުލަބުން ކާމިޔާބުކުރީ 15-13 ގެ ހަނި ތަފާތަކުންނެވެ.

މީގެ އިތުރުން، ހަތަރުވަނަ މެޗުގައި އަސްދިގާ ސްޕޯޓްސް ކުލަބުން ވަނީ އައްޑޫ ސްޕޯޓްސް ކުލަބާ ވާދަކޮށް 3 ސެޓު 1 ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 12-18، 14-18، 18-11 އަދި 15-18 އިންނެވެ. ދެވަނަ ދުވަހުގެ ފަހު މެޗުގައި ވޮލީބޯލް ފެމިލީ އެސޯސިއޭޝަނުން ވަނީ ދަ ސަދާން ސްޕޯޓްސް 3 ސެޓު 1 ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ނިމުނީ 16-18، 18-11، 18-08 އަދި 18-16 އިންނެވެ.

މުބާރާތުގެ ތިންވަނަ ދުވަހުގެ ޝެޑިއުލަށް ބަލާއިރު، އަންހެން ޑިވިޝަނުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ އެންމެ މެޗެކެވެ. އެއީ ފޭސް 2 ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓާއި ސިޓީ ސްޕޯޓްސް ކުލަބު ބައްދަލުކުރާ މެޗެވެ. މީގެ އިތުރުން ދެވަނަ ޑިވިޝަނުގެ މެޗުތައް ވެސް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި އެސްޕިރޭޝަން ފޯރ އޯލް އިނިޝިއޭޓިވްއާއި މާތޮޑާ ސްޕޯޓްސް ކުލަބު ވާދަކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ޔޫތު ނިއު ޖެނެރޭޝަން އާއި އައްޑޫ ސްޕޯޓްސް ކުލަބެވެ. ތިންވަނަ މެޗުގައި ވިލިނގިލި ޒުވާނުންގެ ޖަމިއްޔާއާއި މުނީޒް ވޮލީބޯލް މޫވްމެންޓް ބައްދަލުކުރާއިރު، ފަހު މެޗުގައި ވާދަކުރާނީ ކުލަބް ހާފްލައިން ލިންކޭޖާއި ޔުނައިޓެޑް ހެންވޭރިއަންސްއެވެ.

މި މުބާރާތުގެ ދެވަނަ ޑިވިޝަނުގެ އަންހެން މެޗުތައް މިމަހުގެ 1އިން 11އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާއިރު، ޖުމްލަ 24 ޓީމެއް އަށް ޕޫލަކަށް ބަހާލައިގެން ވާދަކުރެއެވެ. އަދި ފިރިހެން ޑިވިޝަނުގެ ކުޅުން މިމަހުގެ 3އިން 11އަށް ކުރިއަށްދާނެއެވެ. ފިރިހެން ޑިވިޝަނުގައި 13 ޓީމެއް ހަތަރު ޕޫލަކަށް ބަހާލައިގެން ވާދަކުރާނެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު