ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ތޮއްޑޫގެ ކުޅިވަރު ކުޅޭ ތަންތަން ނަމާދު ވަގުތުތަކަށް ބަންދު

ޝެއާ ކުރޭ Facebook Telegram Viber X

އއ. ތޮއްޑޫގައި ކޮންމެ ނަމާދު ވަގުތަކާ ދިމާކޮށް 30 މިނެޓުގެ މުއްދަތަކަށް ކުޅިވަރު ކުޅޭ ހުރިހާ ތަންތަނެއް ބަންދުކުރުމަށް އެ ރަށު ކައުންސިލުން މިއަދު ނިންމައިފިއެވެ.

ތޮއްޑޫ ކައުންސިލުން ނެރުނު އިއުލާނެއްގައިވާ ގޮތުން، މި ބަދަލާއެކު ނަމާދު ގަޑިތަކުގައި އެ ރަށުގެ ކުޅިވަރު ކުޅޭ އެއްވެސް ތަނެއް ހުޅުވާފައެއް ނުބެހެއްޓޭނެއެވެ.

ނަމާދު ވަގުތުތަކުގެ އިތުރުން ވެސް، ކުޅިވަރު ކުޅުން މަނާ ވަގުތުތަކެއް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކޮންމެ ދުވަހެއްގެ އިރުއޮއްސި 06:00އިން ފެށިގެން ރޭގަނޑު 08:00 އާ ދެމެދު އަދި ހުކުރު ދުވަހުގެ ހެނދުނު 10:30އިން މެންދުރު 02:00 އާ ދެމެދު ކުޅިވަރު ކުޅޭ ތަންތަނުގައި ކުޅުން މަނާވާނެ ކަމަށް ކައުންސިލްގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ތޮއްޑޫ ކައުންސިލުން މި ފިޔަވަޅު އަޅާފައި މިވަނީ، ސަރުކާރުން ހިންގާ ކުޅިވަރު ކުޅޭ އިމާރާތްތަކާއި ދަނޑުތަކުގައި ނަމާދު ވަގުތަށް ކުޅިވަރުތައް މެދުކަނޑާލަން ޖެހޭ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ރައީސް އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މި ބަދަލުގެ ބޭނުމަކީ ކުޅިވަރު ކުޅެން ތިބޭއިރު ނަމާދު ވަގުތު ގެއްލުނަނުދީ، ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

ރައީސް މުއިއްޒު ހާމަކުރެއްވި ގޮތުގައި، ބަންގި ގޮވާ ވަގުތުން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅަކަށް، އެއީ 20 މިނެޓަށް ވިޔަސް، ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލަން ޖެހޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެންނަން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލުމުގެ އިތުރުން، އެ ވަގުތު އެ ސަރަހައްދެއްގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ވެސް ސަރުކާރުން ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު