ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކޯޗިންގ ތަމްރީނުތަކަކަށް ޝާލިޔާ ހަންގޭރީއަށް!

ޝެއާ ކުރޭ Facebook Telegram Viber X

ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކެޕްޓަންކަން ކުރިން ކޮށްފައިވާ ފާތިމަތު ޝާލިޔާ، އޮލިމްޕިކް ސޮލިޑާރިޓީ ޕްރޮގްރާމްގެ އެހީތެރިކަމާއެކު އިންޓަނޭޝަނަލް ކޯޗިންގ ކޯހެއް (އައިސީސީ)ފުރިހަމަކުރުމަށްޓަކައި ހުސްވި ހޯމަ ދުވަހު ހަންގޭރީއަށް ފުރައިފިއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން ހާމަކޮށްފައިވާ ގޮތުގައި، ޝާލިޔާ ބައިވެރިވަނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގައި ގާއިމުކޮށްފައިވާ ހަންގޭރިއަން ޔުނިވަރސިޓީ އޮފް ސްޕޯޓްސް ސައިންސުން އިންތިޒާމުކޮށްގެން ހިންގާ އައިސީސީ ފޯލް ސެޝަން 2026ގައެވެ. މި ތަމްރީނުތައް މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ސައްބީސްވަނަ ދުވަހުގެ ނިޔަލަށް މެދުކެނޑުމެއް ނެތި ކުރިއަށްދާނެކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

އަމަލީ އަދި ނަޒަރީ ގޮތުން ގިނަ ފިލާވަޅުތަކެއް ކިޔަވައިދޭގޮތަށް ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ ކޯޗެއްގެ ގޮތުގައި ޝާލިޔާގެ ފަންނީ ގާބިލުކަން އިތުރުކޮށް، އެ ރޮނގުން އޭނާގެ ތަޖުރިބާއާއި ހުނަރު ފުޅާކުރުމަށް މަގުފަހިކޮށްދޭނެ ވަރަށް މުހިންމު ފުރުސަތެއްކަމަށް އެމްއޯސީން ވަނީ ފާހަގަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު