ޕެރަ އެތުލީޓުންނަށް ވާދަވެރި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާކޮށްދިނުމުގެ މަޤުޞަދުގައި، ކަމާބެހޭ އިދާރާތައް ގުޅިގެން ހުޅުމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރާއްޖެއަށް މުޅިން އަލަށް ޕެރަ ޝޫޓިންގް ތަޢާރަފުކޮށްފިއެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގެ ޝޫޓިންގ ރޭންޖުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުއްރައްޒާޤު އިބްރާހީމެވެ. މޯލްޑިވްސް ޝޫޓިންގ އެސޯސިއޭޝަނާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން މިހާރު އަމާޒު ހިފާފައި ވަނީ، މި އަހަރުގެ ޤައުމީ ޝޫޓިންގ ޗެމްޕިއަންޝިޕްގައި ޕެރަ ޝޫޓިންގް ވަކި ގިންތިއެއްގެ ގޮތުގައި ހިމެނުމަށެވެ.
މި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއާއި، ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.