ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޤައުމީ ޓީމުގެ ސްކޮޑު އާންމުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ކުރިއަށް އޮތް ބައިނަލްއަޤްވާމީ ބްރޭކުގައި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުން ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ތިން މެޗުގައި ވާދަކުރާނެ 23ކުޅުންތެރިންގެ ސްކޮޑު ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އާންމުކޮށްފިއެވެ.

އެފްއޭއެމްއިން ހާމަކުރި ލިސްޓަށް ބަލާއިރު، ޤައުމީ ޓީމުން އެންމެ ގިނަ ޖާގަ ކަށަވަރުކޮށްފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިންނެވެ. އެ ކުލަބަށް ނިސްބަތްވާ ނުވަ ކުޅުންތެރިއަކު މި ފަހަރުގެ ސްކޮޑުގައި ހިމެނެއެވެ. މީގެ އިތުރުން ދެވަނައަށް އެންމެ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފައިވަނީ، ފަހުގެ ލީގު ރަނަރަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި އޮޑި ސްޕޯޓްސް ކުލަބުންނެވެ. އެ ޓީމުގެ ހަ ކުޅުންތެރިއަކު ވަނީ ޤައުމީ ޓީމުން ޖާގަ ހޯދާފައެވެ.

ދެން މި ސްކޮޑުގައި ހިމެނެނީ ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ތިން ކުޅުންތެރިންނާއި، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ދެ ކުޅުންތެރިންގެ އިތުރުން ބުރު ސްޕޯޓްސް ކުލަބުގެ ދެ ކުޅުންތެރިންނެވެ. އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ޙަސަން އީނާޒް (ބަކާ)އަށް ވެސް ވަނީ އަލުން ޤައުމީ ޓީމުން ފުރުސަތު ލިބިފައެވެ.

މި ފަހަރުގެ ސްކޮޑުގައި ޤައުމީ ޓީމާއެކު އަލަށް ބައިނަލްއަޤްވާމީ ތަޖުރިބާ ހޯދުމަށް ދަތުރުކުރާ ޒުވާން ކުޅުންތެރިންތަކެއް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ބުރު ސްޕޯޓްސް ކުލަބުގެ އަރީން، ވިކްޓްރީގެ މާއިޝް ރަޝީދު އަދި މާޒިޔާގެ ނިޝާމް މުޙައްމަދު ރަޝީދެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު