މަތީ ތައުލީމުދޭ މަރުކަޒުތަކަށާއި މަތީ ސާނަވީ ސްކޫލްތަކަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުން (އައިޔޫއެމްއެސްޔޫ)އިން ކުރިއަށްގެންދާ "އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯލް ފިއެސްޓާ 2026"ގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 25ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖުމްލަ ދެ ޑިވިޝަނަކަށް ބަހާލައިގެން ކުޅުމަށް ހަމަޖެހިފައިވާ މި ކުޅިވަރު އީދުގައި ބައިވެރިވެވޭނީ ރާއްޖޭގެ ކޮލެޖްތަކާއި، ޔުނިވަރސިޓީތަކާއި އަދި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތަކަށެވެ. މިއީ މުއައްސަސާތަކުގެ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ހުނަރު ދައްކާލުމަށް ފަހިކޮށްދެވޭ މުހިންމު ޕްލެޓްފޯމެކެވެ.
މިއީ އައިޔޫއެމްއެސްޔޫގެ ފަރާތުން ބީޗް ހޭންޑްބޯޅަ މުބާރާތެއް އިންތިޒާމުކުރާ ދެވަނަ ފަހަރަށް ވީނަމަވެސް، މީގެ ކުރިން އާންމު ހޭންޑްބޯޅައިގެ ހަތަރު މުބާރާތެއް އެ ޖަމުއިއްޔާއިން ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވާފައެވެ. މިއަހަރުގެ ފިއެސްޓާ ކުރިއަށްދާނީ ހޭންޑްބޯލް މޯލްޑިވްސްއާއި ގާފު ސްޕޯޓްސްގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކުގައެވެ. އަދި މި މުބާރާތުގެ ސަޕޯޓިންގ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އެމްއެމްޓީވީއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.