ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކުޅިވަރާ ބެހޭ ކޮމިޝަންގެ މަސައްކަތްތައް ހާނިމާ ހަވާލުކުރައްވައިފި

ޝެއާ ކުރޭ Facebook Telegram Viber X

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް ރައީސް އޮފީހުގެ އިސް މަގާމަކަށް މިއަދު އައްޔަން ކުރެއްވުމާ ގުޅިގެން، އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.

ނޮވެމްބަރު 2023ގައި މިނިސްޓަރު ފެންވަރުގައި ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވި ތޮލާލް މިއަދު ބަދަލުކުރެއްވީ، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސްގެ މަގާމަށެވެ. މިއީ ވެސް މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.

ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލަކު މިރޭ ވިދާޅުވީ، ކޮމިޝަނަރުގެ މަގާމު ހުސްވުމާ ގުޅިގެން އެ އޮފީހުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ދެން ބަލަހައްޓަވާނީ މިއަހަރުގެ ކުރީކޮޅު ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވި ހާނިމް ކަމަށެވެ.

ވަގުތީ ގޮތުން ކޮމިޝަނަރުގެ ޒިންމާތަކާ ހަވާލުވެވަޑައިގަތް ހާނިމްއަކީ ކުޅިވަރުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރި ފުރަތަމަ އެތުލެޓިކްސް ޓީމުގައި ހިމެނުނު ހާނިމް ވަނީ މީގެ ކުރިން ވެސް ކުޅިވަރުގެ އިދާރީ ގިނަ މަގާމުތަކެއް ފުރުއްވައިފައެވެ.

އެގޮތުން އެތުލެޓިކްސް އެސޯސިއޭޝަނާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަން ކުރެއްވުމުގެ އިތުރުން، އެފްއޭއެމްގެ އެކްސްކޯ މެންބަރުކަން ވެސް އޭނާ ކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖެއިން 2008ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރަކީ ވެސް ހާނިމްއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު