ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ނިއުކާސަލް ބަލިކޮށް ލީޑްސްއިން ތިންވަނައަށް

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅެވުނު ފޯރިގަދަ މެޗުގައި ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 4-1ގެ ނަތީޖާއަކުން ކުރިހޯދައި، ލީޑްސް ޔުނައިޓެޑުން ލީގު ތާވަލުގެ ގަދަ ތިނަކުން ޖާގަ ކަށަވަރުކޮށްފިއެވެ.

ޑެނިއަލް ފާކްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލީޑްސްއިން މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު، މި ކާމިޔާބީއާއެކު އެ ޓީމަށް ވަނީ ޖުމްލަ 8ޕޮއިންޓް ލިބިފައެވެ. މިއީ ތާވަލުގެ އެންމެ ކުރީގައި އޮތް އާސެނަލްއާ އަޅާބަލާއިރު އެންމެ ހަތަރު ޕޮއިންޓްގެ ފަރަގެކެވެ. 

މެޗުގެ ކޮންޓްރޯލް ފުރަތަމަ ހާފުގައި އެއްކޮށް ލީޑްސްއިން ނަގާފައިވާއިރު، އެ ޓީމުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 32ވަނަ މިނެޓުގައެވެ. މިއީ އައޯ ޓަނާކާ ފޮނުވާލި ހަމަލާއެއް ޝޯން ސްޓޫއާ އަދި ލުއިސް މައިލީގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮސް ކީޕަރު ލޫކަސް ހޯނިޗެކްގެ ބޯމަތިން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ޑޮމިނިކް ކަލްވަޓް-ލުއިން ބޮލުން ފޮނުވާލި ބޯޅައެއް ޖޭޑަން ބޯގަލްގެ ގައިގައި ޖެހިފައި ގޯލަށް ވަނުމުން ލީޑްސްއިން ނަތީޖާގެ ފަރަގު ބޮޑުކުރިއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ކަލްވަޓް-ލުއިން ވަނީ ކީޕަރަށް ފުރުސަތެއް ނުދީ އިތުރު ލަނޑެއް ޖަހައިފައެވެ. މިއީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ނިއުކާސަލް ކޮޅަށް ޖެހި އަށްވަނަ ލަނޑެވެ.

ދެވަނަ ހާފުގައި ވެސް ނިއުކާސަލްއަށް އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، ނޯއާ އޮކަފޯގެ ހިތްގައިމު ލަނޑާއެކު ލީޑްސްއިން ވަނީ ހަތަރު ލަނޑުގެ ލީޑެއް ނަގާފައެވެ. ނިއުކާސަލްއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު 90ވަނަ މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބަޒޫމާނާ ޓޫރޭއެވެ. ނަމަވެސް މި ލަނޑުން ނިއުކާސަލްއަށް ލިބުނު މާބޮޑު ހިތްހަމަޖެހުމެއް ނެތެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު