ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ތުލެޓިކްސް އެސޯސިއޭޝަންގެ އަމާޒު ބޮޑެތި ގޭމްސްތަކަށް

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސް (އައިއޯއައިޖީ)އާއި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމުގެ މަޤުޞަދުގައި، މިއަހަރުގެ ހުރިހާ ބައިނަލްއަޤުވާމީ މުބާރާތްތަކެއް ތައްޔާރީތަކެއްގެ ގޮތުގައި ބޭނުންކުރަން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ކުޅިވަރު ވިންދު"ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަޙުމަދު މުންތަޤިމް ވިދާޅުވީ، އެތުލީޓުންގެ ފެންވަރު މަތިކުރުމަށް މިހާރު ކުރަމުންދާ ހުރިހާ މަސައްކަތެއްގެ މައިގަނޑު އަމާޒަކީ ކުރިއަށް އޮތް އަހަރުގެ ބޮޑެތި ކުޅިވަރު އީދުތަކާ ކުރިމަތިލާއިރު ޓީމު ފުރިހަމައަށް ތައްޔާރުކުރުން ކަމަށެވެ. 

ދިވެހި އެތުލީޓުން ވަނީ މީގެ ކުރިން ވެސް އައިއޯއައިޖީގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. ހަމައެހެންމެ، އެންމެ ފަހުން ނޭޕާލްގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު ވަނީ ސަތޭކަ މީޓަރުގެ ރޭހުން ރަން މެޑަލް އަދި ދުއިސައްތަ މީޓަރުގެ ރޭހުން ލޯ މެޑަލް ކަރުގައި އަޅުވައި، ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. މުންތަޤިމް ފާހަގަކުރެއްވި ގޮތުގައި، އެސޯސިއޭޝަނުގެ އެންމެ ބޮޑު އުންމީދަކީ ކުރިއަށް އޮތް މުބާރާތްތަކުގައިވެސް އެ ފަދަ އުފާވެރި ނަތީޖާތަކެއް ތަކުރާރުކުރުމާއެކު، ދުވުންތެރިންގެ ޓައިމިން އިތުރަށް ކުރިއެރުވުމެވެ.

މީގެ އިތުރުން، މި ހިނގާ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްއާ ކުރިމަތިލާއިރު ގައުމީ އެތުލެޓިކްސް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައިކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ. އަދި މި މުބާރާތުގައި ވާދަކުރާ ދިވެހި އެތުލީޓުން އެމީހުންގެ އިވެންޓުތައް ފުރިހަމަ ޓައިމިންއަކާ އެކު ނިންމާލާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށް ވެސް މުންތަޤިމް ވިދާޅުވިއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު