ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހާގިމްގެ ކާމިޔާބީ މައިންބަފައިންނަށް ޚާއްސަކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ރާއްޖޭގެ ވެރިރަށް މާލޭގައި ކުރިއަށްދިޔަ އައިޓީއެފް ޖޭ- 30ޓެނިސް މުބާރާތުގެ ދެވަނަ ހަފުތާގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން، އަނިޔާގެ ގޮންޖެހުންތަކާ އެކު ވެސް އިނގިރޭސިވިލާތުގެ ހާގިމް ކަމާލް ކާމިޔާބުކޮށް، އެ ޝަރަފު އޭނާގެ މައިންބަފައިންނަށް އަރުވައިފިއެވެ. 

މުބާރާތް ނިމުމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަމުން ޒުވާން ކުޅުންތެރިޔާ ބުނީ، މި ފަޚުރުވެރި ވަނަ ހާސިލުކުރެވުނީ އޭނާގެ މައިންބަފައިންނާއި ކޯޗުގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުން ދިން ފުރިހަމަ އެއްބާރުލުމުގެ ސަބަބުން ކަމަށެވެ. އަދި ފާއިތުވި ހަފުތާގައި އޭނާގެ ބުރަކައްޓަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމުގައި އުނދަގޫތަކެއް ތަހައްމަލުކުރަން ޖެހުނު ނަމަވެސް، މިއީ ގަދަ ހިތްވަރާއެކު ކުރި ބުރަ މަސައްކަތުގެ މަތިވެރި ނަތީޖާކަން އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، ކުރިމަގުގައި ވެސް މިފަދަ ގިނަ ކާމިޔާބީތަކެއް ހޯދުމަކީ އޭނާގެ އެންމެ ބޮޑު އަމާޒުކަމަށް ހާގިމް ވަނީ ހާމަކޮށްފައެވެ.

ދިވެހިރާއްޖެ ފަދަ ގުދުރަތީ ގޮތުން ހިތްގައިމު ގައުމެއްގައި މި މުބާރާތުގައި ވާދަކޮށްލުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބިގެންދިޔަ ނުހަނު ބޮޑު އުފަލެއްކަމަށް ހާގިމް ބުންޏެވެ. ހަމައެއާއެކު، މި މުބާރާތުގައި އޭނާއާ ދެކޮޅަށް ނުކުތް އެހެނިހެން ކުޅުންތެރިންގެ ފަރާތުންވެސް މޮޅު އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަކަން ފާހަގަކޮށް، އުނދަގޫ މެޗުތަކަކަށް ފަހު ޗެމްޕިއަންކަން ކަށަވަރުކުރެވުމުން އެކަމާ ނުހަނު ހިތްހަމަޖެހޭކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އުމުރުން 14އަހަރާއި 18އަހަރާ ދެމެދުގެ ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށްގެން ބޭއްވި މި ބައިނަލްއަޤްވާމީ ޓެނިސް މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެން، ޖުމްލަ ދެ ހަފުތާގެ މުއްދަތަށެވެ. މާލޭގެ ޓެނިސް ކޯޓުގައި ކުޅުނު މި ފޯރިގަދަ މުބާރާތުގެ މެޗުތައް މި މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު