ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވޯލްޑް މާސްޓަރސްގައި ވާދަކުރާ އެތުލީޓުން ފުރައިފި

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ އޮގަސްޓު މަހުގެ 22އިން ސެޕްޓެމްބަރު 3އަށް ދެކުނު ކޮރެއާގެ ޑައެގޫގައި ބާއްވާ "ވޯލްޑް މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2026"ގައި ރާއްޖެ ތަމްސީލުކުރުމަށް ޓަކައި، ކާމިޔާބު ދެ އެތުލީޓުން ކަމަށްވާ މުހައްމަދު ރަޝީދާއި ހުސްނާ މުހައްމަދު އެ ގައުމަށް ފުރައިފިއެވެ.

ގައުމީ އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ، މި ދެ ދުވުންތެރިންގެ ފަރާތުން ފަޚުރުވެރި އަދި އެންމެ ފުރިހަމަ ނަތީޖާއެއް ގައުމަށް ހޯދައިދިނުމަށް އުންމީދުކުރާކަން ހާމަކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ކޯޗު މުޙައްމަދު ރަޝީދާއި ދުވުންތެރިޔާ ހުސްނާއަކީ މީގެ ކުރިން ބޭއްވި ބައިނަލްއަގުވާމީ މިފަދަ މާސްޓަރސް މުބާރާތްތަކުގައިވެސް ވާދަކޮށް، ރާއްޖެއަށް ރަން ވަނަތަކަކާއި މެޑަލްތަކެއް ހާސިލުކޮށްދީފައިވާ ތަޖުރިބާކާރު ދެ އެތުލީޓުންނެވެ.

ދުނިޔޭގެ 90ގައުމަކުން ޖުމުލަ 11،000އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވާ މި ބޮޑު ކުޅިވަރު އީދުގައި ތަފާތު 34އިވެންޓެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޓްރެކްގެ 17އިވެންޓަކާއި ފީލްޑްގެ 11އިވެންޓެއް ހިމެނޭނެކަމަށް މައުލޫމާތު ލިބެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު