ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފުވައްމުލަކު ފުޓްސަލް މުބާރާތުގެ ސެމީއަށް ހޯދަޑާއި އައްޔަނި

ޝެއާ ކުރޭ Facebook Telegram Viber X

ފުވައްމުލައް ސިޓީގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، ބާކީ އެއް މެޗު އޮއްވައި ހޯދަޑު ސްޕޯޓްސް ކްލަބާއި އައްޔަނި ސްޕޯޓްސް ކްލަބުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް ޔަގީންކޮށްފިއެވެ. 

އެއް ގްރޫޕެއްގައި ހިމެނޭ މި ދެ ޓީމު ސެމީއަށް ދަތުރުކުރިއިރު، ގްރޫޕުގެ އެއްވަނަ ޓީމު ކަށަވަރުކުރުމަށް މިރޭ މި ދެ ޓީމު ކުރިމަތިލާނެއެވެ. ހޯދަޑު ސްޕޯޓްސް އިން ސެމީގެ ޖާގައެއް ހޯދީ ހޯދަޑު އެކަޑަމީގެ މައްޗަށް 18-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގައި ހޯދަޑު ސްޕޯޓްސްގެ އަހުމަދު އަފްލާޒު ވަނީ ބާރަ ލަނޑު ކާމިޔާބުކޮށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އެ ޓީމުގެ އަހުމަދު ނާއިމް އިބްރާހީމް އާއި އަހުމަދު ހަމީދު (އައްމަޑޭ)މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖެހިއިރު، މުޙައްމަދު އިޔާޝް އަދި އަހުމަދު މަނާލް ވަނީ ކޮންމެ ކުޅުންތެރިޔަކު އެއް ލަނޑު ޖަހާފައެވެ.

މީގެ އިތުރުން، އައްޔަނި ސްޕޯޓްސް އިން ސެމީގެ ޖާގަ ޔަގީންކުރީ ދަށި ކިޅި ކްލަބާއި ވާދަކޮށް 6-1ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި އަލީ ޝަމާލް އަބްދުالله އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސެއިން ޝަރީފް (އޮންލީ)ގެ އިތުރުން، އެއް ލަނޑު ޖެހި ޝަނާން ރަޝާދު އަދި އަބްދުالله ރަޝީދުއެވެ.

އަނެއްކޮޅުން، ޔުނައިޓެޑް ދިގުވާނޑޮ ސްޓްރައިކަރސްގެ މައްޗަށް 3-1އިން ކުރިހޯދައި ޑީއެސްއާރުސީ ޖޫނިއަ އިން ވަނީ ސެމީ ފައިނަލަށް ދިއުމުގެ އުންމީދު އާކޮށްފައެވެ. މި މެޗުގައި ޑީއެސްއާރުސީއަށް އަހުމަދު ޔަޝަމް ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އައިމަން މުޙައްމަދު ޒާހިރުއެވެ. ސްޓްރައިކަރސްގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު މައުތޫފްއެވެ. 

މި ގްރޫޕުން ސެމީއަށް ދާނެ ދެވަނަ ޓީމެއް ކަށަވަރުވާނީ މިރޭ ޑީއެސްއާރުސީ ޖޫނިއަރއާއި ގަލޯނާ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުންނެވެ. މި މެޗުން މޮޅުވާ ޓީމަކަށް ސެމީގެ ފަހު ޖާގަ ލިބިގެންދާނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު