ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އަމިއްލަ ރެކޯޑްތަކެއް ޤާއިމުކުރުން ، ދީމާގެ އަމާޒު

ޝެއާ ކުރޭ Facebook Telegram Viber X

މިއަހަރުގެ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން އަލުން ހޯދުމަށްފަހު، ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ ޢަލީ ގެ މިހާރުގެ އެންމެ ބޮޑު އުންމީދަކީ މި ކުޅިވަރުގައި އަމިއްލަ ރެކޯޑްތަކެއް ގާއިމުކުރުން ކަމަށް އޭނާ ބުނެފިއެވެ.

މީގެ ކުރިން ދީމާގެ އަމާޒަކަށް ވެފައި އޮތީ ރާއްޖޭގެ ކުރީގެ އެއްވަނަ ކުޅުންތެރިޔާ މުޢީނާ މުޙައްމަދު ވިދިވިދިގެން 13ފަހަރު ގައުމީ މުބާރާތް ކާމިޔާބުކޮށްގެން ހަދާފައިވާ ރެކޯޑް މުގުރާލުމެވެ. ދީމާ ވަނީ މީގެ ކުރިން ވިދިވިދިގެން ހަ ފަހަރު ގައުމީ މުބާރާތް ކާމިޔާބުކޮށްފައެވެ. ނަމަވެސް، މިދިޔަ އަހަރުގެ ގައުމީ ފައިނަލްގައި ޢާއިޝަތު ރަފާ ނާޒިމް އަތުން ބަލިވުމުން އެ ސިލްސިލާއަށް މެދުކެނޑުމެއް އައެވެ.

އެ ނާކާމިޔާބީއަށްފަހު، މިއަހަރުގެ މުބާރާތް އަލުން ކާމިޔާބުކޮށް ދީމާ ބުނީ އޭނާގެ އަމިއްލަ ޓާގެޓްތަކެއް އެބަހުރި ކަމަށެވެ. "ޕީއެސްއެމް ނިއުސް"އަށް ދިން އިންޓަވިއުއެއްގައި ދީމާ ބުނީ މިހާރު ބޭނުންވަނީ އަމިއްލަ ރެކޯޑްތަކެއް ހަދަން ކަމަށެވެ.

"ދީމާ ބޭނުންވަނީ ދީމާ ވެސް ދެވޭ އެންމެ ކުރިއަކަށްދާން އަދި އުންމީދުކުރަނީ ދީމާއަށް ވެސް އަމިއްލަ ރެކޯޑްތަކެއް ހެދުން. އަދި ދީމާއަށް ކުޅެވޭ އެންމެ މޮޅަކަށް ކުޅެން"ދީމާ ބުންޏެވެ.

ކުރިއަށް އޮތް އޭޝިއަން ގޭމްސް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދީމާގެ ފަރިތަކުރުންތައް ކުރިއަށްދާނީ މެލޭޝިއާގައެވެ. އެއީ އޭނާ މިވަގުތު މެލޭޝިއާގައި މަތީ ތައުލީމު ހާސިލްކުރަމުންދާތީއެވެ. ދީމާ ބުނި ގޮތުގައި މެލޭޝިއާގައި ހުރެގެން ޕްރެކްޓިސް ކުރި ނަމަވެސް، އޭޝިއަން ގޭމްސްގައި އޭނާގެ އެންމެ މޮޅު ކުޅުން ފެންނާނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު