ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހޮންގްކޮންގް އަތުން ދިވެހި ޓީމު ބަލިވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ހޮންގް ކޮންގްގައި މިހާރު ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި، މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމު 55-34ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.

މިއީ މި މުބާރާތުގައި ދިވެހިރާއްޖެ ކުޅުނު ހަތަރުވަނަ މެޗެވެ. މި މެޗުގެ ހަތަރު ކުއާޓަރުގައި ވެސް ކުރި ހޯދާފައިވަނީ ހޮންގް ކޮންގުންނެވެ. އެގޮތުން ފުރަތަމަ ކުއާޓަރު 14-10އިން، ދެވަނަ ކުއާޓަރު 13-10އިން، ތިންވަނަ ކުއާޓަރު 15-9އިން އަދި ފަހު ކުއާޓަރު 13-5އިން ކާމިޔާބުކުރީ އިދިކޮޅު ޓީމުންނެވެ.

މި މުބާރާތުގައި މިހާތަނަށް ރާއްޖެއިން ހަތަރު މެޗެއް ކުޅެފައިވާއިރު، ކާމިޔާބީއެއް ލިބިފައިވަނީ ހަމައެކަނި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 60-41ގެ ނަތީޖާއަކުންނެވެ. ނަމަވެސް، އޭޝިއާގެ ނެޓްބޯޅައިގެ ގަދަބާރުތައް ކަމަށްވާ ސިންގަޕޫރު އަދި މެލޭޝިއާއާ ދެކޮޅަށް ކުޅުނު ފުރަތަމަ ދެ މެޗުން ދިވެހި ޓީމު ވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ. ސިންގަޕޫރު އަތުން 81-19އިން ބަލިވިއިރު، މެލޭޝިއާ އަތުން ނާކާމިޔާބުވީ 78-32އިންނެވެ.

ދިވެހި ޓީމަށް ދެން އޮތީ އޭޝިއާގެ ނެޓްބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ އަނެއް ބާރު ކަމަށްވާ ސްރީލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ. 1985ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި ތާރީޚީ ގޮތުން އެންމެ ކާމިޔާބު ތިން ގައުމަކީ ސިންގަޕޫރާއި، މެލޭޝިއާގެ އިތުރުން ސްރީލަންކާއެވެ.

މި މުބާރާތުގެ "ކަޕް ޑިވިޝަން"ގައި ޖެހިޖެހިގެން ފަސް ދުވަހު ފަސް މެޗު ކުޅެން ރާއްޖެއަށް ޖެހިފައިވުމަކީ، ބައިނަލްއަގުވާމީ މައިދާނުގައި ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ތަޖުރިބާއަކާއި ކުރިއެރުމެކެވެ. މުބާރާތް ރޭވިފައިވާ ގޮތުން، ރައުންޑް ރޮބިން އުސޫލުން ހުރިހާ ޓީމެއް ކުޅުމަށްފަހު، ސެމީ ފައިނަލަށް ދަތުރުކުރާނީ ޕޮއިންޓް ތާވަލުގެ ކުރިން ޖާގަ ހޯދާ ހަތަރު ޓީމެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު