ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސާބިއާގެ ދެ ކުޅުންތެރިއަކު މާޒިޔާއާ ގުޅިއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ރާއްޖޭގެ ފުޓްބޯޅަ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ޑިފެންސް އިތުރަށް ވަރުގަދަ ކުރުމުގެ މަގުސަދުގައި، ސާބިއާއަށް ނިސްބަތްވާ ހުނަރުވެރި ދެ ކުޅުންތެރިއެއް ކަމަށްވާ ނެމަންޔާ ޒުދުރާވްކޮވިޗް އަދި ނިކޮލާ ވުޖިޗިޗް އެ ކުލަބަށް ގެނެސްފިއެވެ. 

އެ ޓީމުގެ ފަހަތް ބެލެހެއްޓުމާ ހަވާލުވި އުމުރުން 33އަހަރުގެ ނެމަންޔާއަކީ ޔޫރަޕްގެ ގައުމުތައް ކަމަށްވާ ލިތުއޭނިއާ އަދި ނޯތު މެސެޑޯނިއާގެ އިތުރުން އަމިއްލަ ގައުމުގެ ލީގުތަކުގައި ކުޅެ ބޮޑު ތަޖުރިބާއެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. މީގެ އިތުރުން މާޒިޔާގެ މެދުތެރެއާއި ފަހަތަށް ވެސް ކުޅުމުގެ ހުނަރު ލިބިފައިވާ އުމުރުން 29އަހަރުގެ ނިކޮލާއަކީ ސާބިއާގެ ގިނަ ކުލަބުތަކަކަށް ކުޅެފައިވާ މޮޅު ޑިފެންސިވް މިޑްފީލްޑަރެކެވެ.

މި ދެ ކުޅުންތެރިންގެ ސަބަބުން ޓީމުގެ ފަހަތް ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް މާޒިޔާއިން ދެކެއެވެ. ބިދޭސީ އާ ކުޅުންތެރިންނާ އެކު މާޒިޔާއިން މުބާރާތާ ކުރިމަތިލާއިރު، އެ ޓީމުގެ ކޯޗަކަށް ދާދި ފަހުން ވަނީ ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރޫޗާ ހަމަޖައްސާފައެވެ. ކަޕް ވިނާސް ކަޕުގައި އޮޑި ސްޕޯޓްސްއާ ދެކޮޅަށް މިރޭ ކުޅޭ މެޗަކީ އާ ކޯޗުގެ އިރުޝާދުގެ ދަށުން މާޒިޔާ ކުޅޭނެ ފުރަތަމަ މެޗެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު