ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މުލީކޮޅު ރާޅުގަނޑުގެ ތާޖު ޔަސީން އުފުލާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

ހޮނިހިރު ދުވަހު ބޭއްވި "މުލީކޮޅު ރާޅުގަނޑު 2026"މުބާރާތުގެ މެންސް އޯޕަން ކެޓަގަރީގެ ފައިނަލްގައި، ރާއްޖޭގެ ފުންނާބުއުސް ރާޅާއެޅުންތެރިޔާ އަހުމަދު އާގިލް (އައްމަޑޭ)އާ ވާދަކޮށް ކުރިހޯދައިގެން، މި ފަހަރުގެ ޗެމްޕިއަންކަން ޔަސީން އަހުމަދު ނާޝިދު ކަށަވަރުކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި ފައިނަލް ހީޓު ޔަސީން ކާމިޔާބުކުރީ ޖުމްލަ 11.67ގެ ސްކޯއެއް ހަދައިގެންނެވެ. އާގިލްއަށް މި ހީޓުގައި ހޯދުނީ 9.00ގެ ސްކޯއެކެވެ. އެހެންކަމުން ޔަސީން މުބާރާތުގެ ތަށި އުފުލާލީ 2.67ޕޮއިންޓުގެ ތަފާތަކުން ކުރީގައި އޮވެގެންނެވެ.

ފަހު މެޗުގައި ޔަސީން ވަނީ ނުވަ ރާޅަކާ ކުރިމަތިލާފައެވެ. އޭނާއަށް އެންމެ ރަނގަޅު ނަތީޖާއެއް ނެރެވުނީ ހަވަނަ އަދި ހަތްވަނަ ރާޅުންނެވެ. އެގޮތުން ހަވަނަ ރާޅުން 4.40ހޯދިއިރު، ހަތްވަނަ ރާޅުގައި އޭނާ ވަނީ 6.50ގެ މަތީ ސްކޯއެއް ރިކޯޑުކޮށްފައެވެ. އަނެއްކޮޅުން ދިހަ ރާޅުގައި އެޅި އާގިލްއަށް އެންމެ ގިނަ ޕޮއިންޓް ލިބުނީ ހަތަރުވަނަ ރާޅުން (4.00)އަދި ނުވަވަނަ ރާޅުން (5.00)ނެވެ.

މުބާރާތުގެ އެންމެ ފަހު މަރުހަލާއަށް މި ދެ ކުޅުންތެރިން ދަތުރުކުރީ ވާދަވެރި ސެމީ ފައިނަލްތަކަކަށް ފަހުގައެވެ. ޔަސީން ފައިނަލުގެ ޖާގަ ޔަގީންކުރީ ސައްޔިދު ސަލާހުއްދީންއާ ބައްދަލުކޮށް 8.90ޕޮއިންޓް ހޯދައިގެންނެވެ. މި ހީޓުގައި ސައްޔިދަށް ލިބުނީ 8.27ޕޮއިންޓެވެ. ހަމައެއާއެކު، އާގިލް ފައިނަލަށް ނުކުތީ ހުސެއިން އަޒާން އިސްމާއިލްއާ ވާދަކޮށް 11.67ސްކޯކޮށް، 3.5ޕޮއިންޓުގެ ތަފާތަކުން ކުރިހޯދައިގެންނެވެ. އަޒާންއަށް ސެމީގައި ހެދުނީ 8.17ގެ ސްކޯއެކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު