ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އޭޝިއަން ސްވިމިންގ ޗެމްޕިއަންޝިޕްގައި 28 ދިވެހި ފެތުންތެރިން ވާދަކުރަން ފަށައިފި

ޝެއާ ކުރޭ Facebook Telegram Viber X

ޖުލައި 17އިން 25އަށް ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ބާއްވާ 12ވަނަ އޭޝިއަން އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕް 2026ގައި، ރާއްޖެ ތަމްސީލުކޮށް ގައުމީ ރެކޯޑުތައް އާކުރުމުގެ މަގުސަދުގައި 28ފެތުންތެރިންގެ މައްޗަށް އެކުލެވޭ ބޮޑު ސްކޮޑެއް ވާދަކުރަން ފަށައިފިއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތުދޭ ގޮތުގައި، މިއީ އޭޝިއާ ބައްރުގެ އެންމެ ހުނަރުވެރި ޒުވާން އެތުލީޓުންނާ އެކު ވާދަކޮށް، ރާއްޖޭގެ ފެތުންތެރިންނަށް ބައިނަލްއަގުވާމީ ފެންވަރުގެ މުހިންމު ތަޖުރިބާތަކެއް ހޯދުމަށް ފަހިވެގެންދާނެ ވަރަށް ރަނގަޅު ފުރުސަތެކެވެ. މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ފިރިހެން އަދި އަންހެން ބައިގައި ވެސް ވާދަކުރެއެވެ.

މިފަހަރުގެ ގައުމީ ޓީމުގައި ހިމެނޭ ފިރިހެން ފެތުންތެރިންނަކީ އަޒާން އަޒްމީލް ލަތީފް، ދާނިޔަލް އަމީން ފައިސަލް، އިބްރާހިމް ޖޫދު ހުސައިން، އިސްމާއިލް އަޖްމަލް މޫސާ ޒަމީރު، އިޒްޔާން ނާޒިމް، ލޫތު މުހައްމަދު ހުސައިން، މަކީން އަހްމަދު ޝަކީބު، އައިމަން މޫސާ ރަޝީދު، އިބްރާހިމް ޔުއާން ޝަމީމް، މުހައްމަދު އާއިޝް ސިނާން، ޔާސީން މުހައްމަދު ޔޫސުފް، އިސްމާއިލް ހާމް ހުސައިން، މުހައްމަދު ރާހިން ޔޫނުސް، ޒާކިން އަޝްރަފް ރަޝީދު، މުހައްމަދު އަލްޔާން ޝިފާން އަދި އަލްފީ ސަމާހް ހަލީމްއެވެ.

މީގެ އިތުރުން، އަންހެން ބައިގައި ރާއްޖެ ތަމްސީލުކުރަނީ ދާލިއާ އައިދާ ލަތީފް، މަރިޔަމް އަގްސާ އަސަދު ހަނީފް، މަރިޔަމް އައިރާ ޝިރްނީލް، ސާރާ މުހައްމަދު، ސާރާ އަހްމަދު ސައީދު، މަލައިކާ ލިންޑާ އިމްރާން، އަލްޔާ އަޝްރަފް، އަޔާނާ އަރީފް، އައިޝާ ޒާޔާ ހުސައިން، ފާތިމަތު އަންޖަލް ފަޔާޒް، އައިޝަތު އަލީނާ ޝާހިދު އަދި އަލައިޔާ ޝަހުދީ އަންވަރެވެ.

ފެތުންތެރިންނަށް ފަންނީ އިރުޝާދު ދީ، މަގުދައްކައިދިނުމަށް ތަޖުރިބާކާރު އޮފިޝަލުންގެ ޓީމެއް ވެސް ވަނީ ބެންކޮކަށް ގޮސްފައެވެ. އެގޮތުން ޓީމުގެ މެނޭޖަރެއްގެ ހައިސިއްޔަތުން މުހައްމަދު ވިޝާމް ހަރަކާތްތެރިވާއިރު، އެސިސްޓެންޓް މެނޭޖަރުގެ ޒިންމާއާ ހަވާލުވެފައި ވަނީ ޚަދީޖާ އީސާފުޅެވެ. އަދި ޓީމުގެ ކޯޗުންގެ ގޮތުގައި ހަރަކާތްތެރި ވަނީ އަބްދުލް އަލީމް އަބްދުއްރަހްމާން، މުހައްމަދު ސަމީރު އަދި މުހައްމަދު ޖައުފަރެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު