ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވޯލްޑް އެތްލެޓިކްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު އަހްނާއަށް

ޝެއާ ކުރޭ Facebook Telegram Viber X

އެމެރިކާގެ އޮރެގޮންގައި އަންނަ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް އެތްލެޓިކްސް އަންޑަރ 20ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ތަމްސީލުކޮށް، ގައުމީ ދިދަ އުފުލުމުގެ ފަޚުރުވެރި ޝަރަފު، ރާއްޖޭގެ އުއްމީދީ ސްޕްރިންޓަރު އަހްނާ ނިޒާރަށް ދީފިއެވެ. 

އަންނަ މަހުގެ 5ވަނަ ދުވަހުން ފެށިގެން 9ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައިނަލްއަގުވާމީ މުބާރާތުގައި ދިދަ އުފުލުމަށް އަހްނާ ހޮވިފައި ވަނީ، ދުވުމުގެ ރޮނގުން އޭނާ ދާދި ފަހުން ހޯދާފައިވާ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ.

މިއަހަރުގެ ޖޫން މަހުގެ ފަހުކޮޅު ޗައިނާގެ ހޮންގްކޮންގްގައި ބޭއްވި 20އަހަރުން ދަށުގެ އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކޮށް، އަހްނާ ވަނީ އޭނާގެ ހުނަރުވެރިކަން ސާބިތުކޮށްދީފައެވެ. އެ މުބާރާތުގެ 200މީޓަރު ދުވުމުގެ އިވެންޓުގައި އޭނާ ވަނީ ރާއްޖޭގެ އައު ގައުމީ ރެކޯޑެއް ވެސް ގާއިމުކޮށްފައެވެ. 

އޭޝިއާ ސަރަހައްދުގެ އެ މުބާރާތް ބާއްވާފައިވަނީ ޖޫން މަހުގެ 28އިން ފެށިގެން އެ މަހުގެ ނިޔަލަށް ހޮންގްކޮންގްގެ ކައި ޓަކް ސްޕޯޓްސް ޕާކްގައި ހުންނަ ޔޫތު ސްޕޯޓްސް ގްރައުންޑްގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު